ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ނެތިފަ ތިބި ޒުވާނުންނަށް ރުކުމާގެ ފުރުސަތެއް: “ލޮނުމަސް އަޅާ، ބާޒާރު ރޭޓުން ގަންނާނަން!”

ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީ ޔަގީންވާނެ ކަންކަމާ ފިކުރުކުރަން ނުތިބެ ދިވެހި ޒުވާނުން ލޮނުމަސް އެޅުން އިތުރު ކުރަން ކުރީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ހިޔާލު ދެއްވައިފިއެވެ.

ރުކުމާ އަކީ މިހާރު ފުޅާ ދާއިރާއެއްގައި މަހުގެ އެކްސްޕޯޓް ކުރާ ފަރާތެކެވެ.

އެގޮތުން ރުކުމާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާމްދަނީ ޔަގީންވާނެ ކަންކަމާ ފިކުރު ކުރަން ނުތިބެ ދިވެހި ޒުވާނުން ލޮނުމަސް އެޅުން އިތުރުން ރަނގަޅު ކަމަށެވެ. އަދި އެ އަޅާ ލޮނުމަސް ބާޒާރުގެ އަގުގައި ގަންނާނެ ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.

“އަލަށް މަސައްކަތް ފަށާ ކުދިންނަށް އިރުޝާދުދޭނަން ވަޓްސްއެޕް އިން 7777730 އަށް މެސެޖް ކުރައްވާ.” ރުކުމާ ވިދާޅުވިއެވެ.

ރުކުމާ ވިދާޅުވީ މިހާރު ބާޒާރުގައި ލޮނުމަސް ވިއްކާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިކެނީ ކުރުމަސް ކަމަށެވެ. އެގޮތުން ކުރުމަސް ކިލޯއެއް 65ރ. އަށް ވިކޭއިރު، ހިބަރު ކިލޯއެއް 55 އަށް ވިކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މަސްވެރިނަށް ދެއްކި ތަސްވީރު ތަންފީޒް ވީ މިންވަރު އެކި މީހުން މިނާނީ އެކި ނާޅިން ކަމަށެވެ. އަދި ޖަދަލު ކުރުމުގަ ވަގުތު ނަގާ ނުލައި ދެކެމުން މިދަނީ ތަދުމަޑު ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 55%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 9%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: