ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިދިކޮޅުން އުޅެނީ އުތުރުގެ ރައްޔިތުންގެ އަތްމަތި ތިޔާގިވެދާނެތީ އޮބިތަންޑު އަޅައިގެން”

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގައި ތިބި ފަރާތްތައް އުޅެނީ ރާއްޖޭގެ އުތުރުގެ ރައްޔިތުންގެ އަތްމަތި ތިޔާގިވެދާނެތީ އޮބިތަންޑު އަޅައިގެން ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓަށް ފާޑުކިޔައި އެއިން މަސްތުވާތަކެއްޗާއި ހަތިޔާރު ގެންނަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތު ކުރަމުންދިއުމާ ގުޅިގެންނެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުޅުދުއްފުއްޓަށް އައި ފެރީ އަކީ އޭގެ ޒާތުގައި ކުޑަ އެއްޗަކަށް ވީ ނަމަވެސް އައިސްފައި އެވަނީ ހަނގުރާމައިގެ ބޮޑު ލަޝްކަރެއް ކަމަށެވެ.

އިދިކޮޅު މެމްބަރުންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާސިރު ވިދާޅުވީ އުތުރުގެ ރައްޔިތުންގެ އަންމަތި ތިޔާގިވެ ހަމައިސްކޮޅަށް ތެދުވެދާނެތީ އޮބިތަންޑު އަޅައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި އިދިކޮޅުގައި ތިބެގެންވެސް ހޭބޯނާރާ އުޅެނީ އެކަމުގައި ކަމަށެވެ.

“ވަރަށް ސޮރީ، އެމްޑީޕީ ބާރުތަށް ދޫކުރާނެ، އަތޮޅުތެރެ ދިރުވާނެ، އެމްޑީޕީއާއެކު މުޅި އުތުުރު ދެމިގަންނާނެ.” ޔާސިރު ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ އައި ކާގޯ ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާއިރު ކުޅުދުއްފުއްޓަށް އެ ތަކެތި ބޭލުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ. މި ބޯޓު މި މަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މި ބޯޓު މި މަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: