ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްބިއުލާންސް ނުލިބުމުން ނައިވާދޫ ސިއްޙީ މަރުކަޒުގެ ދޮރަށް މޮހޮރުޖަހާ ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރުގައި ފިލާގަނޑެއް ހަރުކޮށް މޮހޮރުޖަހާ ބަންދުކޮށްފިއެވެ.

ނައިވާދޫން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެކަން ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އަދި އެކަން ކުރި ބަޔަކު ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު އެ ފިލާގަނޑު ނައްޓާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ފިލާގަނޑުގައި ޖަހާފައި ވަނީ “ކޮބާ ނައިވާދޫއަށް ދޭންބުނި އެންބިއުލާންސް” މިހެންނެވެ.

އެއިނާ އިތުރަށް ބުނީ ނައިވާދޫ ސިއްހީމަރުކަޒުގައި ބޭނުންކުރަމުން އައި އެންބިއުލާންސް ހަލާކުވެފައިއޮންނަތާ ވަރަށްދުވަސް ވެދާނެކަމަށެވެ. އެހެންކަމުން އެމަރުކަޒުން ދެމުންއައި އެންބިއުލާންސްގެ ޚިދުމަތް ހުއްޓިފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް  އެންބިއުލާންސް ހަވާލު ކޮށްފައެވެ. އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވެފައިވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: