ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގެ ގެސްޓްހައުސްތައް ހުޅުވުމާއިމެދު މަޝްވަރާކޮށްފި

މިއަދު ކުރިއށްދިޔަ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ގެސްޓްހައުސްތައް ހުޅުވުމާއިމެދު ކައުންސިލާއި ގެސްޓްހައުސް ހިންގާ ބޭފުޅުންނާއި މަޝްވަރާކުރައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަންނަ މަހު 15 ގައި ގެސްޓްހައުސްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ގެސްޓްހައުސްތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްތަކުގެ ގެސްޓްހައުސްތައް އަންނަ މަހު 15 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާނީ މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތަށް ބެލުމަށްފަހު ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލުން އެއްބަސްވުމުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. ކައުންސިލުން އެރަށުގައި ހުރި ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް އެއްބަސްވެ، އެކަމަށް އެދި މިނިސްޓްރީއަށް ހުށައަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށް ޓުއަރިޒްމް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކުގައިވެއެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: