ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ރަސްމީއްޔާތެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ އެ ދެ މަގާމަކީ މިވަގުތު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

މި މަގާމުތަކަށް އައްޔަން ކުރެވޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން މެޑިކަލް އެލަވަންސް ވެސް ލިބިގެން ދާނެއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސްވެސް ލިބޭނެ ކަމަށާއި މި މަގާމަށް ކުރިމަތިލާ ފަރާތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާންވާނެ ކަމަށް ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 6ވަނަ ދުވަހުގެ 13:00އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ “ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 49،300 ރުފިޔާ ލިބޭނެއެވެ. އަދި ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 56،300 ރުފިޔާ ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: