ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަގަށް އެސައިމެންޓް ހަދައިގެން ސެޓްފިކެޓު ހޯދާ މައްސަލައާ ދެކޮޅަށް ނުކުތީ ފަސްޓް ލޭޑީ ފަޒްނާ!

ފަޒްނާ އަހުމަދު--
ޝެއާރކޮށްލާ ކަހަލަދޯ؟

އަގަށް އެސައިމެންޓް ހަދައިގެން ސެޓްފިކެޓު ހޯދާ މައްސަލާއާ ގުޅިގެން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އަގަށް އެސައިމެންޓު ހަދައިދޭ ކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެއް ޝެއާ ކުރައްވައި ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.

I wonder whether the Higher Education Institutions and relevant authorities are aware of this!

Posted by Fazu Ahmed on Monday, 28 September 2020

މެޑަމް ފަޒްނާގެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ބުނެފައެވެ. އަދި އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް މީހުންގެ ކޮށްފައިވާ ކޮމެންޓްތަކުގައި ބުނެފައިވެއެވެ.

އެގޮތުން މީހެއް ކޮމެންޓަށް ޖަވާބު ދެއްވަމުން ފަޒްނާ ވިދާޅުވީ އެގޮތަށް އަގަށް އެސައިމެންޓު ހަދައިދޭ ނަމަ، ކިޔަވާ މީހާގެ ފެންވަރެއް ނެތްތާ ތެދުވެރިކަމެއް ވެސް ނުހުންނާނެ ކަމަށެވެ.

ފަޒްނާގެ ޕޯސްޓަށް ކޮމެންޓު ކުރި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް ހިމެނެއެވެ. އޭނާ ވިދާޅުވީ ބޮޑެތި އިންސްޓިޓިއުޓުތަކުން ގްރެޖުއޭޓްވާ ޓީޗަރުން ވެސް އަގު ދީގެން މީހުން ލައްވާ އެސައިމެންޓު ހަދާ ކަމަށެވެ. އަދި އެފަދަ ޓީޗަރުން އަހަރެމެންގެ ދަރިވަރުން ކިޔަވައިދޭނެ ގޮތޭ މެދު އިބްރާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރާއްޖޭގައި އެގޮތަށް އަގަށް އެސައިންމަންޓް ހަދައިދޭ ގިނަ ބަޔަކު އުޅޭއިރު، އެ މަސައްކަތުގެ އަގުތައް އުޅެނީ، 500 ރުފިޔާ އިން ފެށިގެން 3000 ރުފިޔާއާ ދެމެދުގަ އެވެ. އޮންލައިން އެކިއެކި ވެބްސައިޓުތަކުގައި އެސައިންމަންޓް ހަދައިދޭކަމަށް އިސްތިހާރުކޮށްފައި ހުރެއެވެ. ގިނަ ކުދިންނަކީ ވަޒީފާއަށް ގޮސްގެން، ނުވަތަ ހަމައެކަނި ސެޓްފިކެޓު ހާސިލް ކުރުމަށް ކިޔަވާ ކުދިންނަށްވުމުން މި މަކަރު ހެދުން ވަރަށް އާންމެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 33%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

7 Responses

  1. އަސްލި ވެސް ސެޓިފިކެޓްނެތް ނުކިޔަވާތިބި ފަރާތް ތަކަށް އެކަށީގެން ނުވާ ވަޒީފާތައް ދިނުމުން ވެސް މީ މުޅި ޤައުމަށް ހުރި ގެއްލުމެއް މިކަން އެއް ވެސް ފަރާތެއް ސަމާލު ކަމަށް ގެނެސް ކަންބޮޑުވުން ފާޅު ނުކުރަނީ ކީތްވެ… ބޮޑެތި ލޯނު ނަގައިގެން ބުރަމަސައްކަތުން ކިޔަވާފަ މިޖެހެނީ ވަޒީފާ ހޯދަން ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ކޮންމެ ބައެއް ވެސް އެބައެއްގެ އަރިސް މީހުންނަށް ތައުލީމެއް ނެތަސް ބޮޑު މުސާރައިގަ ވަޒީފާ ދީފަ މީ މާ މުހިންމު ކަމެއްނު ????????????

  2. ބޭކާރު ވާހަކަ ނުދަައްކާ .އަގުދީފައި ވޯޓް ގަންނަ މައްސަލަ ކޯޓަށް ވައްދަންވީނުން. ހަމަ ޔަގީނުން ވެސް އެއީ ރިޝްވަތަކަށް ވާއިރު ކަނޑައެޅިގެން ރިޝްވަތްދީ ރިޝްވްތުގައި ހިފުމަކީ ހަރާމް ކަމެއް.

    1. އަގު ދީފަ ހަދާ އެސައިންމަންޓުވެސް ވަނީ ރިޝްވަތަށް. ކަލޭ ހިތްނުރުހުނީމަ ރިޝްވަތަށް ވެފަ ރުހުނީމަ ރިޝްވަތަށް ނުވާކަމެއް ނޫން އެއީ. ރިޝްވަތާ ދެކޮޅިއްޔާ އަގުދީފަ އެސައިންމެންޓު ހެދުން ދިފާއު ނުކުރޭ. އެއެކޭ ދެން ހުރި ރިޝްވަތެކޭ ވަނީ ހަމަ ރިޝްވަތަށް.

  3. މީދެން ޖޯކެއް ނޫން. އަހަރެމެން މީވެސް ކިޔަވައިގެން ތިބި ބައެއް އެކަމަކު ވަގުތެއް ނުލިބޭ އެސައިންމަންޓް ބަޔަކަށް ހަދާދޭނެ. ވަގުތު ލިބޭމީހުން މިކަހަލަ މަކަރުން ލާރި ލިބޭ ގޮތްތައް ހޯދާނެ. އަހަރެމެން ކިޔެވި އިރަކު ތިގޮތަށް އެސައިންމަންޓް ހަދާނެ ފަރާތެއް ނުތިބޭ ތިކަހަލަ ޢުކުޅުތައް ދަސްވީ ގިނަމީހުން ކިޔަވައިގެން މޮޅެތި ސަނަދުތައް ލިބި ވަޒީފާއެއް ނެތި އުޅެން ގިނަ ދުވަހު އުޅެން ޖެހުމުން ލާރި ލިބޭނެ އެހެން ވަސީލަށްތައް ހޯދުމަށް މަޖުބޫރު ވުމުން. ސަރުކާރުން މިކަމާއި ދޭތެރޭ ވިސްނަން ޖެހޭ. ކިޔަވައިގެން ތިއްބަސް ރަގަޅު މުސާރައެއް ނުލިބޭ ދިވެހި ރާއްޖޭ އަކުން ދެން ރުފިޔާ ހޯދާނެ އެހެން ވަޟީލަތެއް ވެސް މިފަދަ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރާނެ ދޯ. ނުކިޔަވާ ސިޔާސީ މަޤާމަކަށް ދާމީހުންނަށް މާމުސާރަ ބޮޑު އުމުރު ދުވަހު ކިޔަވައިގެން ޕީއެޗްޑީ ހަދާފަ ހުންނަށް މީހާއަށް ވުރެވެސް. މިއީ ސަރުކާރުން ވިސްނާ ފިކުރު ކުރަންވީ ކަމެއް. މިހާރު މިވާގޮތުން ޕީއެޗްޑީ އެއް ހެދުމުގެ ބޭނުމެއް ނުފެނޭ ކޯސްފީއަށް ކުރާ ހަރަދު ކިތައްމެ ކިޔެވިއަކަށް ނުލިބޭ. ސިޔާސީ މަޤާމުވެސް ދެނީ ވަކިބަޔަކަށް. ސިޔާސީ މީހުންނެކޭ އެެހެން މުއައްސަސާތައް ވެސް ހަމަހަމަ ވާންޖެހޭ.

  4. ހަމަ ރަގަޅަށް ތިބުނީ ކިޔެވުމަކީ ބޭކާރު ކަމެއް. ކިޔެވި އަސް ވާކަމެއް ނެތް މިހާރު. ނުކިޔަވާ ހުންނަ މީހާއަށް ލިބޭ މުސާރަ މާ ބޮޑު.

  5. އަޅުގަނޑު ބޭނުން އަގަށް އެސައިންމަންޓު ހަދާގެންވެސް އަޅުގަނޑުގެ ހައްގު އަސާސީ ކައިވެނި ސެޓުފިކެޓް ހޯދަން. އެހެން މީހުންނަށް ލިބޭ ތޯއްޗެއް! މިހާރު އޮތީ މެޓީރިއަލިޒަމް. ސާ ދިނީމަ ވެޔޯ! ކޮންމެ ކަމެއް އޮތީ އެހެން.

  6. އަސްލު މައްސަލައަކީ މަންދު ކޮލެޖްކަހަލަ އަމިއްލަ ކޮލެޖްތަކަށް ފައިސާ ވަންނާނެ ގޮތަށް މަތީ ތައުލީމުގެ ސިޔާސަތު ކޮލިޓީ އަދި ދަރިވަރުންގެ ފެންވަރު ބެލުމެއް ނެތި ތަންފީޒުކުރުން. ކިހިނެތްތޯ ހަވީރު 5 ޖަހާއިރު ދުވަމުން ދުވަމުން ވަޒީފާ ނިންމާފަ އައިސްް ރޭގަނޑު 10 ޖަހަންދެން ކުލާސް އަށް ވަދެ 4 މާއްދާ ކިޔަވާ އެސައިމެންޓް ދަރިވަރުން ހަދަނީ؟ އަަސްލު މައްސަލައަކީ ނާގާބިލް ކެބްނެޓް! ނާގާބިލް މަޖިލީސް! ފަރުވާކުޑަ މައިންބަފައިން! ފައިސާއަށް ދަހިވެތިކަން! ދޮގެއް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: