އެ ނުވަ އަތޮޅަކީ ވ. ޖުޑީޝަލް ދާއިރާއާ، ށ. ޖުޑީޝަލް ދާއިރާއާ، ނ. ޖުޑީޝަލް ދާއިރާއާ، ހދ. ޖުޑީޝަލް ދާއިރާއާ، ހއ ޖުޑީޝަލް ދާއިރާއާ، ގދ. ޖުޑީޝަލް ދާއިރާ އަދި ގއ. ޖުޑީޝަލް ދާއިރާ ބ. ޖުޑީޝަލް ދާއިރާގެ، އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނެވެ.

މި އަތޮޅުތަކުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އެ ދާއިރާގައި މަސައްކަތް ކުރަމުންދާ މެޖިސްޓްރޭޓުންނަށް އެކަނިއެވެ.

މި އަތޮޅުތަކުން ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް ކުރިމަތިލާ ފަނޑިޔާރުންނަށް މުސާރައާ އިނާޔަތުގެ ގޮތުގައި ޖުމްލަ 27،950 ރުފިޔާގެ އިތުރުން، ރައްޔިތުންގެ ހެލްތް އިންސުރެންސްވެސް ދޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.