ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ 40 ކިލޯމީޓަރު މަގުގައި ތާރު އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ސޯބެ ވިދާޅުވީ އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ މަގު ހެދުމުގެ ޕްރޮޖެކްޓުގައި ނުހިމެނޭ އައްޑޫގެ ބާކީ މަގުތައް ހެދުމަށްޓަކާ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ރޭވިފައި އެބައޮތް ކަމަށެވެ.

އައްޑޫގެ 18 މަގެއްގައި އަލަށް ތާރު އެޅުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފްތާގައި ގެނެސްފައިވާއިރު، އެ މަސައްކަތް ކުރާނީ އިންޑިއާގެ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ޕްރޮޖެކްޓު އަންނަ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން އިންޑިއާގެ ސަރުކާރުން ހުޅުވާލި ފުރުސަތުގައި މި ޕްރޮޖެކްޓަށް ކުރިމަތިލީ ފަރާތްތައް ޝޯޓު ލިސްޓުކޮށް އަންނަ ހަފްތާގައި އެ ފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރާއި އިންޑިއާ އިން ހިއްސާކުރާނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓު ދެ އަހަރުތެރޭގައި ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: