ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑަ އަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑަ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ ‘ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް’ އާ ގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން 25 އޮގަސްޓް 2020 ގައި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިޢާޔަތްކޮށް، ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއެކު، މިހާރުގެ ޙާލަތައް ރިޢާޔަތްކޮށް ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ވަނީ މަސްވަރާ ކުރައްވާފައެވެ.

އަދި މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް 2 އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: