ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާއިން ހަދިޔާކުރި ޑޯނިއާގެ ސަބަބުން ވަގަށް ޑްރަގް އެތެރެ ކުރާ މީހުން ބިރު ގަންނާނެ”

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓުގެ ސަބަބުން ރާއްޖެއަށް ވަގަށް ޑްރަގް އެތެރެ ކުރާ މީހުން ބިރު ގަންނާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީން(އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން މިހެން ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރެވެމުންދިޔަ ޑޯނިއަރ މަތިންދާބޯޓު މިއަދުގެ ރާއްޖެ އައުމާ ގުޅިގެންނެވެ.

އެގޮތުން އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުގެ ނިޝާނާ ކުލަޔާއެކު ރާއްޖެ އަތުވެއްޖެ ކަމަށެވެ.

“ވަގަށް ޑްރަގް އެތެރެކުރާ މީހުންނާއި ބޭރު މީހުންނާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން މަސް ފޭރޭ މީހުން ޖެހިލުންވާނެ. ބިރު ގަންނާނެ.” އަނދުން ހުސައިން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ މި މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

މިއަދު ރާއްޖެއަށް ގެނެވުނު ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: