ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ފާޑުކީ ކަންކަން ނުކޮށްދީގެން، މިހާރު ފާޑުކިޔަނީ ކުރާ ކަންކަން ގިނަވެގެން: މަހްލޫފް

ޔޫތް މިނިސްޓަރ، އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން އެކި ފަރާތްތަކުން ފާޑުކީ ކަންކަން ނުކޮށްދީގެން ކަމަށާއި ނަމަވެސް މިހާރު ފާޑުކިޔަނީ ކުރާ ކަންކަން ގިނަވެގެން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެގޮތުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ފާޑުކިޔާ މަލާމާތް ކުރަނީ ކަންކަން ނުކޮށްގެން ކަމަށާއި މިހާރު އެއާ އިދިކޮޅަށް ފާޑުކިޔުން އަމާޒުވަނީ ކުރާ ކަންކަން ގިނަވެގެން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާ ކުޅިވަރެއް އަދި ޔޫތް މިނިސްޓްރީގެ މެންޑޭޓް ތެރޭން ޒުވާނުންނާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް ދާނީ ބާރަށް ކުރިއަށް.” މަހްލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 100 ފުޓުބޯޅަ ދަނޑު އެޅުމުގެ ވައުދު މި ފަސް އަހަރުތެރޭގައި ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން މަހްލޫފް ވަނީ އިއްޔެ ދެއްވިއެވެ.

ރާއްޖޭގެ އިތުރު ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދައުލަތަށް ދިމާވި މާލީ ދަތިކަމާ އެކު ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓުގައި ހިމެނުނު ބައެއް ދަނޑުތަކުގެ މަސައްކަތް މަޑު ޖައްސާލުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: