ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު ކުރަންޖެހޭ އެންމެބޮޑު މަސައްކަތަކީ ކޮވިޑް-19 އަރައިގަތުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމުޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައެވެ. އަދި ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކޮންމެ ފިޔަވަޅެއްވެސް އަޅަމުންދަނީ އދ.ގެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ ފަދަ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓައި ސިނާޢީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ މައްސަލަތަކާއި ކުރިމަތިލައި، އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ގުދުރަތީ ނިޒާމަށް ލޮޅުން އަރާފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ ގުތުރަތީ މުސީބާތްތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ތިމާވެށީގެ ނަޒަރުން ބަލާއިރު މިވަގުތު ކުރިމަތިވަމުން މިދަނީ ގުދުރަތީ އިންތައް ފަހަނައަޅާގޮސް ގުދުރަތީ ވަޞީލަތްތަކަށް ގެއްލުންވަމުންދިޔުމުގެ ނަތީޖާކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓިފައިވާއިރު، މިފަދަ ބަލި މަޑުކަމަކުން ލިބޭ ގެއްލުންތަކުން އަރައިގަނެ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން މުޖުތަމަޢު ބިނާއިރު ދުނިޔޭގެ ޤުދުރަތީ ނިޒާމަށް ލޮޅުންއަރާފަދަ ކަންކަމަށް ސަމާލު ވާންޖެހޭ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ނުރައްކަލަށްވުރެ ބޮޑު ގުދުރަތީ މުސީބާތެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ބޮޑު ދައްޗަކީ ގުދުރަތީގޮތުން ކުރިމަތިވަމުން އަންނަ މޫސުމީ އެކި މައްސަލަތަކަށް ކަމަށެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލިއުޝަން 212 ގެ ދަށުންނެވެ. ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: