ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމް އެޅޭކަށް އެމްޑީޕީން ބޭނުމެއް ނޫން: ލަތީފް

އެމްޑީޕީގެ ޗެއަރ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހސަން ލަތީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމު އެޅޭކަށް އެމްޑީޕީން ބޭނުމެއް ނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހިޔާނާތުގެ ފައިސާ އިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އަބްދުލްޣަފޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެ މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް ކަމަށާއި މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވާ ކަމަށެވެ. އެގޮތުން އެ މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވާ ކަމަށާއި އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް އެމްއެމްޕީއާރުސީގެ ފައިސާ ވަނީ ބޭނުންކޮށްފައި ކަމަށް އަދީބު ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ ފައިސާގެ ބައިކުޅަ ބައި ލިބުނު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް އާއްމުކޮށް، ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށެވެ.

“އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ. އެ ބަނދުނާމު އެޅޭކަށް އެމްޑީޕީން ބޭނުމެއް ނޫން.” ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވެ، އޭނާ ވަނީ އެކަމަށް ރައްޔިތުންގެ އަރިހުން މާފަށް ވެސް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: