ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަށް އެދުނަސް ރައްޔިތުން ބޭނުންވަނީ ހިޔާނާތުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ލިބުން: އުޝާމް

ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުބާވެ މާފަށް އެދުމަކީ ރިވެތި ސިފައެއް ކަމަށް ނަމަވެސް ރައްޔިތުން ބޭނުންވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ލިބުން ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަދީބު އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރެވިފައިވާ ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އެންމެ ބޭނުންވަނީ އެއްވެސް ފަރާތެއް އިސްތިސްނާނުކޮށް މިކަމުން ފައިދާ ލިބުނު ހުރިހާ ފަރާތްތަކެއްގެ ނަންތައް ހާމަކޮށްދިނުން ކަމަށާއި ރައްޔިތުން ބޭނުންވަނީ އެކަމުގައި ބައިވެރިވި ހުރިހާ މީހުންނަށް ހައްގު އަދަބު ލިބުން ކަމަށެވެ.

ކޯޓުގައި އިއްޔެ ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށާއި ދައުލަތަށް މިކަމުގައި އެއްބާރުލުން ދެމުން އަންނަނީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

އަދި މި މައްސަލައިގައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހި ސިއްހީ އެކި މައްސަލަތަކަކާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކުރެވުނު ކުށްތަކާއި މެދު ހިތާމަކޮށް، ތައުބާ ވެފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި ދައުލަތާއި ރައްޔިތުންގެ ކިބައިން މިކަމުގައި މައާފަށް އެދޭ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މިއީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: