ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ޑައިބެޓީސް ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވުމާއި ގުޅިގެން އަދި އެއްފުރާޅެއްގެ ދަށުން ޙިދުމަތް ފޯރުކޮށްދިނުމަށް “ނެެޝަނަލް ޑައިބެޓީސް ސެންޓަރު” ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

މި ސެންޓަރަށް ދައްކާ ބަލި މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށް ފަހު އެނބުރި ދިއުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓްވެސް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައި ހުޅުވި މި ސެންޓަރަކީ ހަކުރު ބަލީގެ ފަރުވާއާ ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއް ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރު ބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރު ބަލި ތަހައްމަލު ކުރައްވާ ބޭފުޅުން ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުން ލަފާ ދެއްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: