ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައެއް ނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށާއި މަޖިލިސް މެމްބަރުންނަށް ވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އޭނާވެސް އިސްތިސްނާނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭންޖެހޭ ކަމަށާއި އެގޮތުން އެ ފައިސާގެ މަންފާ ކުރީގެ ރައީސުންނަށާއި، މަޖިލީސް މެމްބަރުންނަށާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނަށާއި އަދި ސިޔާސީ ހުރިހާ ޕާޓީތަކަށްވެސް ލިބުނު ކަމަށެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތަކުރާރު ކޮއް އެދައްނަވަނީ އެބޭފުޅާ އަތައް ސީދާ ފައިސާ ލިބިފައި ނުވާ ވާހަކަ އެބޭފުޅާ ގެ ނަމުގައި އެހެން ބޭފުޅަކު ހަވާލުވިޔަސް ކުރާން ކަމެއް ނެތްތާ ދޯއ.. އަދީބު ނުދޭ ނަޝިދު އކައް އެއްވެސް ފައިސާ އެއް އެހެންމީހުން ނުދޭ ވާޙަކ އެއްނޫނޭ މި ބުނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: