ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތުގައި އޮތް ހަސަދައެއް ފިލުވުމާލުމަކީ ތައުބާވުމެއް ނޫން: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރުމަށް ތިމާގެ ހިތުގައި ހަސަދަ އޮތް މީހުންނަށް ހަސަދަ ފިލުވުމާލުމަކީ ތައުބާވުން ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ހަވީރު އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބު ދެއްކެވި ވާހަކަތައް އިންސާފުވެރިކަމާއެކު ބަލައިދިނުމަށް އެދޭ ކަމަށާއި ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށެވެ.

“އެހެންވީމަ އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށް. އެކަމާ ދޭތެރޭ ކަންބޮޑުވާ ބޭފުޅުން ބަޔާންތައް އެބަ ނެރުއްވާ” އަދުރޭ ވިދާޅުވިއެވެ.

އަދީބުގެ ވާހަކަތަކުން އެމްޑީޕީ އާއި އަދާލަތާއި އަދި އެމްއާރްއެމް އަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ޔަގީންވާ ކަމަށާއި އެހެންކަމުން މިކަން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ފުލުހުންނާއި އޭސީސީ އަދި އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރާއިރު އިންސާފުވެރިކަމާއެކު އެކަން ކުރުމަށްވެސް އެދޭ ކަމަށެވެ.

“މައާފަށް އެދި ތައުބާ ވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދިނުން. ނަމަވެސް ސަރުކާރާއެކީ ހެދޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރުމަށް ތިމާގެ ހިތުގައި ހަސަދަ އޮތް މީހުންނަށް ހަސަދަ ފިލުވުމާލުމަކީ ތައުބާވުން ނޫން.” އަދުރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: