ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި ޕާޓީތައް ހޯދޭ ވަރަށް ވުރެ މި ސަރުކާރު ކޮރަޕްޓް”

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި ޕާޓީތައް ހޯދޭ ވަރަށް ވުރެ މި ސަރުކާރު ކޮރަޕްޓް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ލިބިފައިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ އިއުތިރާފަކީ ކޮރަޕްޝަންގެ ފައިސާ ލިބުނު މީހުންގެ ނަންތައް ފުހެލަން ކޮށުނު މަގަކަށް ވެގެން ނުވާނެ ކަމަށެވެ.

“އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންނާއި ޕާޓީތައް ހޯދޭނެ ކަމަށް މިހާރު ގަބޫލެއް ނުކުރެވޭ. އެއަށްވުރެ މި ސަރުކާރުގެ ކޮރަޕްޝަން އެތައް ގުނައެއް އިތުރު.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާ ވެސް އިސްތިސްނާ ނުވާ ގޮތަށް މި ހިޔާނާތުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެސް އަދަބު ދޭން ޖެހޭ ކަމަށާއި އެގޮތުން މިކަމުގެ މަންފާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުން ވިޔަފާރިތައް ފަށައި ނުހަނގު މުއްސަނދިކަން ހޯދަމުންދާ ކަމަށާއި އުއްމީދަކީ ހަމައެކަނި އޭނާގެ ބަދަލުގައި މިކަމުގައި ޝާމިލުވާ އެހެން ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބުގެ މި ވާހަކަތައް ނަޝީދު ދޮގު ކުރެއްވިއިރު، ހިޔާނާތުގެ ފައިސާ ލިބިފައި ނުވާ ކަމަށް އަދާލަތު ޕާޓީންނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމް/ޕީއެންސީން ވެސް މިއަދު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: