ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އިސްތިއުފާ ދެއްވީ އަމީރުގެ ނުފޫޒު ބޮޑުކަމުން: ޝީޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވީ ފިނޭންސް މިނިސްޓަރޔ\ު އިބްރާހިމް އަމީރުގެ ނުފޫޒު ބޮޑުކަމުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނަައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހަސަންގެ އިސްތިއުފާއާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކުންފުނިޔަކުގެ ބެލެނިވެރޮ ފަރާތް ކަމަށްވާ ޕީސީބީގެ މެނޭޖިން ޑިރެކްޓަރު އަޔަން ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގެން އެބަ ޖެހޭ ކަމަށެވެ.

“އަޑު އިވެނީ މިނިސްޓަރު އަމީރުގެ ނުފޫޒު ބޮޑުކަމަށް.” ޝިޔާމް ވިދާޅުވިއެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޕީސީބީން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް އެ ބޯޑްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މައްސަލައިގައި ގިނަ ކަންތައްތަކެއް މަޖިލީހުން ބަލަން އެދިވަޑައިގެންނެެވާއިރު އޭގެތެރޭގައި އެބޯޑުން މިހައިތަނަށް ހަދާފައިވާ ގަވައިދުތައް ހަދާފައި ވަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްތޯ ބެލުމަށާއި ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ނުހަދާ ހުރީ ކޮންކޮން ގަވައިދުތަކެއްތޯ ބެލުމަށާއި ޕީސީބީ އުފެއްދި ގާނޫނުގައިވާ ގޮތަށް އެބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދޭ ތޯ ނުވަތަ ނޫންތޯ ބަލަން ވެސް ހުށަހަޅާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: