ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޓްރަމްޕް މިކަން ހާމަކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރެއްވުމުގެ އިރުކޮޅެއް ކުރިން، ޓްރަމްޕްގެ އެޑްވައިޒަރކަން ކުރައްވަމުން ގެންދަވާ ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވިކަން ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. އަދި އެޑްވައިޒަރ ޕޮޒިޓިވްވި ވަގުތުން ފެށިގެން، ޓްރަމްޕާއި އަނބިކަނބަލުން ތިއްބެވީ ކަރަންޓީނުގައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެޑްވައިޒަރ ހޯޕާއެކު ޓްރަމްޕް ވަނީ މިފަހުންވެސް އެކުގައި ތަންތަނަށް ވަޑައިގެންފައެވެ. އެގޮތުން، އޮހިއޯގައި އޮތް ރިޔާސީ ބަހުސެއްގައި ބައިވެރިވެޑައިގަތުމަށް ހޯޕާއި، ޓްރަމްޕް އަދި ބައެއް އެހެނިހެން ބޭފުޅުންވެސް އެކުގައި ދަތުރުކުރައްވާފައިވެއެވެ. އަދި މިބޭފުޅުން މާސްކްވެސް ނާޅުއްވާ އުޅުއްވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުން އެޑްވައިޒަރ ހޯޕަށް ކޮވިޑް ޖެހުނުކަމަށް ބެލެވެނީ މިހާރު ކުރިއަށްދާ ކެމްޕެއިންތަކުގެ ތެރެއިން ސަޕޯޓަރެއްގެ ފަރާތުން ކަމަށް ބެލެވެއެވެ.

ޓްރަމްޕާއި އެޑްވައިޒަރ ހޯޕް

ޓްރަމްޕް ފާހަގަކުރެއްވިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް އެންމެ ކުޑަކޮށް ސަމާލުކަންދޭ ވެރިޔާގެ ގޮތުގައެވެ. އެގޮތުން، ކޮވިޑަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ފާހަގަކުރަމުންދިޔުމާއި، އެހެން ގައުމުތަކާއި ޚިލާފަށް ކޮވިޑް-19 ފެތުރެން ދިޔުމާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއްވެސް އެގައުމުގައި އަޅާފައެއް ނުވެއެވެ. އެމެރިކާއިން މިބަލީގައި ދެލައްކައަށްވުރެ ގިނަ މީހުން ނިޔާވަފައިވާކަން ރަސްމީ ތަފާސްހިސާބު ތަކުން ދައްކައެވެ. މިއީ ތަރައްގީވެފައިވަ ގައުމުތަކުގެ ތެރެއިން، ކޮވިޑް-19ގެ ބަލީގައި ދެވަނައަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވާ ގައުމުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް، މިބަލިމަޑުކަމާއި ގުޅިގެން ޑަބްލިއުއެޗްއޯއަށްވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޑަބްލިއުއެއްޗްއޯ އަކީ ޗައިނާގެ ރައީސް، ޝީ ޖިންގ ޕިންގެ ޕަޕެޓެއް ކަމަށާއި މިއީ ފޭކް ޕެންޑެމިކެއް ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: