ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާގެ ޖަލްސާގައި މިނިސްޓަރު އަސްލަމާ ސުވާލުކުރަން އެޖެންޑާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ފެށޭ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްއާ ސުވާލު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރު އަސްލަމާއާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެގޮތުން ސައީދު މިނިސްޓަރާ ސުވާލު ކުރައްވަނީ ދާދި ފަހުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރި ވިއްސާރާގައި އުދަ އަރާ އެންމެ ބޮޑަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި އޭނާގެ ދާއިރާގެ ލ. މާވަށް ހިމެނޭތީ އެ ރަށުގެ އުދައަރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭ ތާރީހެއް އޮޅުން ފިލުވުމަށެވެ.

މީގެ އިތުރުން މާވަށުގެ ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުގެ ރުހުންވެސް ލިބިފައިވާތީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިކަން އޮޅުން ފިލުވުމަށްވެސް ސައީދު، މިނިސްޓަރު އަސްލަމްގެ އަރިހުން އޮޅުން ފިލުވުމަށް އެދިފައިވެއެވެ.

މާދަމާގެ ޖަލްސާގައި އެޗްއާރުސީއެމް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުވާފައިވާ ނަންތައް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: