ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ކިޔެވުން މިއަދު ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން ވެރިރަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައި ދިނުން މެދުކެނޑިފައި އޮތުމަށްފަހު މިއަދު އަލުން ފަށައިފިއެވެ.

މިއަދުން ފެށިގެން މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައި ކިޔަވައި ދޭނީ ގުރޭޑް 9 އިން މަތީގެ ގްރޭޑް ތަކަށެވެ. އަތޮޅު ތެރޭގެ ސްކޫލުތަކުގައި ގްރޭޑް 1 ން ފެށިގެން މަތީގެ ގްރޭޑް ތަކަށް ކިޔަވައި ދިނުން ކުރިޔަށް ގެންދެވޭނެއެވެ.

މި ގޮތަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކުގައެވެ. މާލެ ސިޓީގެ ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށްނަމަވެސް އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން އެދަރިވަރުން ބައެއް ގަޑިތަކުގައި ސްކޫލަށް ގެންގޮސްގެން ވަނީ ކިޔަވާދީފައެވެ.

ކޮވިޑް-19 މާލެއިންފެނި ފުރަބަންދަކަށް ދިއުމާއެކު ސްކޫލުތަކުގައި ކިޔަވައި ދިނުން ވަނީ މެދުކަނޑައި ލެވިފައެވެ. އެއަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފެށުނީ ޖުލައި 1 ގައެވެ. ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ މާލޭގައި އިތުރުވުމުން ދެވަނަ ފަހަރަށް އަނެއްކާ ވެސް، ސްކޫލުތަކުގެ ކިޔެވުން އޮގަސްޓް 9 ގައިވަނީ މެދުކަނޑައި ލެވިފައެވެ.

މިފަހަރުވެސްސ އަލުން ސުކޫލްތަށް ހުޅުވާލިއިރު ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: