ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު ހައްޔަރު ކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގަނެ، ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ މީގެ ތެރެއިން ހަތަރު މީހުންނަކީ 22 އަހަރާއި 30 އަހަރާއި 34 އަހަރާއި 41 އަހަރުގެ ޕާކިސްތާނުގެ ފިރިހެނުން ކަމަށާއި މި ހަތަރު މީހުން ރާއްޖެ އައިސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައި ފްލައިޓަކުން ކަމަށެވެ.

މި ހަތަރު މީހުންނާއި މެދުވެސް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން ވަނީ ސުވާލު ކޮށްފައި ކަމަށާއި ސުވާލުތައް ކުރުމަށް ފަހު އެ އެންމެންގެވެސް އެތެރެ ހަށީގައި އެއްޗެއް ރައްކާ ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންނާ ގުޅިގެން ހަތަރު މީހުންވެސް ހޮސްޕިޓަލަށް ގެންގޮސް ޗެކު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ،

އަދި ހޮސްޕިޓަލުން ބެލި ބެލުމުން ހަތަރު މީހުންގެ އެތެރެހަށީގައި ރައްކާ ކޮށްފައި ހުރި 81 ރަބަރު ބުލެޓު ފެނިފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 791 ގުރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީގެ އަގު ޖުމްލަ 632،800 ދިވެހި ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މީގެ ތެރެއިން ފަސް ވަނަ މީހާ އަކީ ކެންޔާ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަތުލައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރާއްޖެ އައި އީކޭ 656 ފްލައިޓުންން ކަމަށެވެ. އޭނާގެ ހަށިގަނޑުން ޖުމްލަ 53 ރަބަރު ބުލެޓު ވަނީ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި 5 މީހުންނާއި އެމީހުން އަތުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށާއި އަދި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: