ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަށް ދައުވާކުރާ ހަތް މައްސަލައިގައި ކަނޑައެޅި އަދަބަކީ 20 އަހަރަށް ޖަލަށް ލުމާއިއެކު ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުން!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައިކޯޓުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުމް ކުރުން މިއަދު އިރުއޮއްސި 6:00 ގައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަށް އިއުތިރާފްވެ ވަޑައިގަތުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަދީބާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް ވެސް އިއުތިރާފުވެފައިވާތީ މިއަދު ކުރިޔަށް ގެންދަނީ މައްސަލައިގައި އަވަސް ނިޔާއެއް ކަނޑައެޅުމެވެ. ދައުލަތާއި އެކުވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، ހިޔާނަތުގެ މައްސަލައިގައި ޝާމިލްވާ މީހުންނާއި މައްސަލަ ހިނގައިދިޔަ ގޮތުގެ މައުލޫމާތު އަދީބު ގެންދަވަނީ ފޯރުކޮށްދެމުންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޮޑު ސްކޭމްއެއް ކަމަށާއި، އޭރު އެ ފައިސާ ރައްޔިތުންގެ މަޖިލީހުގައި ނެގި ބޮޑެތި ވޯޓުތަކަށާއި، ގާނޫނު އަސާސީއަށް އިސްލާހު ގެނައުން އަދި މުވައްސަސާތަކުން މެމްބަރުން ވަކި ކުރުމާއި އައްޔަން ކުރުމަށް ވެސް ހަރަދު ކުރި ކަމަށެވެ.

މީގެ އިތުރުން އަދީބު ވިދާޅުވެފައިވަނީ ހިޔާނާތުގެ ފައިސާ ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބުނު ކަމަށާއި، އޭގެ ފައިދާ ނެގި މީހުން ވިޔަފާރިތައް ފަށާ އެ ވިޔަފާރިތައް ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުގެ މަތިން އަދީބުގެ ހަތް ދައުވާއަށް އަންނަ އަދަބުތަކަކީ: 

ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް

ހިޔާނާތުގައި ބައިވެރިވުމުގެ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: ހަ މަސް ދުވަހަށް ޖަލަށް

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން: ތިން މަސް ދުވަހަށް ޖަލަށް

މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް

މަނީ ލޯންޑާކުރުން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް

ހުކުމްތަކުގެ ތަފްސީލުތައް ޝަރީއަތަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ހަތް ދައުވާގެ ހުކުމް ވަކިން ލިޔަން ޖެހޭތީ، މައްސަލައިގައި ހުކުމް ކުރުން މި މަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ މިއީ އަވަސް ނިޔާއެއްގެ މައްސަލައަކަށް ވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިއުތިރާފަށްފަހު ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައިގެ ހުކުމް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ދައުލަތުން އެކަން ތަކުރާރުކޮށް ފާހަގަކުރުމުން ގާޒީ ނިންމެވީ މިއަދުގެ ހަވީރު މައްސަލައިގައި ހުކުމް ކުރާ އަޑުއެހުން ބޭއްވުމަށެވެ.

މިއަދުގެ ޝަރީއަތުގައި ވެސް އަދީބު ވިދާޅުވީ މައްސަލައިގައި އެއްބާރުލުން ފޯރުކޮށްދެމުންދާ ކަމަށާއި، އަދި ހެކިތައް ވެސް ފޯރުކޮށްދެމުންދާއިރު އެކަމަށް ރިއާޔަތްކޮށްދެއްވުން އެދޭ ކަމަށެވެ. އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް އަންނާނީ 20 އަހަރުގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: