ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް ވަނީ ފޯރުކޯށްދީފަ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް ފޯރުކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރައްވައި ސުވާާލުކުރައްވާފައެވެ. ކާށިދޫ ދައިިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާާރާއި ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައިވަނީ ކީއްވެތޯއާއި އަދި މަސްވެރިންނަށް ހައްގުވާާ އެލަވަންސް ސަރުކާރުން ދޭން ފަށާނީ ކޮން އިރަކުންތޯ ސުވާލުކުރައްވާފައެވެ.

މެމްބަރު ޖާބިރު ކުރެއްވި ސުވާތަކުގެ ޖަވާބުގައި މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރިލީފް ޕެކޭޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރަމުންދާ ބޭފުޅުންނަށް 6 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑްގައި 3 އަހަރު ދުވަހުތެރޭ އަނބުރާ ދައްކާ ގޮތަށް ވޯކިން ކެޕިޓަލް ލޯނު ދޫކުރަމުން އަންނަ ކަމަށެވެ. އަދި މިފައިސާ އޭޕްރިލްމަހުން ފެށިގެން ދޫކުރަމުން އަންނަނ ކަމަށެވެ.

މީގެ އިތުރަށ،ް ކޮވިޑާއި ގުޅިގެން ވަޒީފާއަށް ނުވަތަ އާމްދަނީއަށް އަސަރުކޮށްފައިވާ އާންމުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަހަކު 5000 ރުފިޔާއާ ހަމައަށް ދޫކުރަމުން އަންނަ ކަމަށެވެ. މިފައިސާ ވަޒީފާތަކުގައި އުޅެމުންދާ މީހުންނަށާއި އަމިއްލަ މަސައްކަތް ކުރަމުންދާ މީހުންނަށް ދޫކުރަމުން އަންނަ ކަމަށެވެ. އަދި މިފައިސާ މެއި މަހުން ފެށިގެން ދޫކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ތެރެއިން މިދޫކުރާ އިންކަމް ސަޕޯޓް އެލަވަންސާއި ލޯނުގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނަށް ފައިސާ އަންނަނީ ދޫކުރަމުން ކަމަށެވެ.އަދި މިރިލީފް ޕެކޭޖްގެ އިތުރުން މަސްވެރިންގެ އަތުން މަސްގަންނަަ އަގުު ދަށަށް ދިޔަނުދީ ހިފެހެއްޓުމުގެ ގޮތުން، އެސްޑީއެފްސީ މެދުވެރިކޮށް ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރާ މީހުންނަށް 100 މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ތައާރަފްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، މިފްކޯއިން އަންނަނީ މަސްވެރިންގެ އަތުން ހަމަ އަގުގައި މަސް ގަނެ ކިރުވުމަށް މަގުފަހިކޮށްދިނުން

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާާރާއި ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ އޮަޕަރޭޝަނަލް އެފްޓީއޭއެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެފްޓީއެއްގައޮ ސޮއިކޮށްފައި އޮތަސް އެފްޓީއޭ އޮޕަރޭޝަނަލް ވާނީ މަޖިލީީހުން އިތުރު ގާނޫނުނެއް ހަދައިގެން ކަމަށާއި އެއީ މަޖިލީހުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، ޗައިނާއާއިއެކު ސޮއިކޮށްފައިވާ އެފްޓީއޭގެ ސަބަބުން މާބޮޑު ފައިދާއެއްނުވާކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: