ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީ އާއި ލޯނުގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބިފައިވޭ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާ ފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައިވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 520 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭޑީބީ އާއި އޭއައިއީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކު (އީއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާއި އިންޓަނޭޝަނަލް ފަންޑު ފޯ އެގްރިކަލްޗާ ޑިވެލޮޕްމެންޓް އާއި އައިއެމްއެފް އާއި އައިޑީބީ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަދި ވޯލްޑް ބޭންކުންނެވެ.

ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޗައިނާ އާއި އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: