ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދޫގައި ޕީސީއާރް މެޝިނެއް ބެހެއްޓުމަށް ދެ ރިސޯޓަކުން އެހީވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބ.އަތޮޅުގެ ދެ ރިސޯޓަކުން އެއަތޮޅު ދަރަވަންދޫގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށް، ޕީ.ސީ.އާރު މެޝިނެއް ބަހައްޓައިދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މެޝިން ހަދިޔާ ކުރުމަށް ނިންމާފައިވަނީ މިލައިދޫ ރިސޯޓާ، ނޯޓިލަސް މޯލްޑިވްސް ރިސޯޓު ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މި މެޝިން މި މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާތެރޭގައި ފެށޭވަރު ވާނެ ކަމަށް ބެލެވޭއިރު، މި މެޝިނުން ދުވާލަކު 90 ޓެސްޓު ހެދޭނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުޙައްމަދު ރަޝީދު ވިދާޅުވީ، ދަރަވަންދޫގައި އެ މެޝިން ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ސަރުކާރުން އަންނަނީ ހަމަޖައްސަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: