ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫއިން ތިން ފުލަހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އެއަތޮޅު ކުރިނބީއަށް ނިސްބަތްވާ ފުލުހު ޕޮޒިޓިވްވުމާ ގުޅިގެން ނެގި އިތުރު ސާމްޕަލްތަކުން ކުޅުދުއްފުށީގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފައި އެވެ.

މި ކޭސްތަކާ ގުޅިގެން ދިއްދޫން މިއަދު ނެގި 29 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވެފައިވަނީ ތިން ފުލުހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ކްލަސްޓާއާ ގުޅިގެން ށ ފުނަދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. އެއީ 16 ފުލުސް އޮފިސަރަކާއި އާންމުންގެ 11 މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: