ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު އިސްކުރެއްވީ “ކޭންޒިއަން” އިކޮނޮމިކް ސިޔާސަތުތަކާއި ކެތްތެރިކަން

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދުނިޔެއާއި ދިވެހިރާއްޖެ ކޮވިޑް-19އިގެ ސަބަބުން ތަހައްމަލު ކުރަމުން މިދަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ދިމާވި އެންމެބޮޑު އިގްތިސާދީ ހީނަރުކަމެވެ. ރައީސް ސޯލިހުއަށް ވެރިކަމުގެ އެހާ ކުރީކޮޅު މިދިމާވީ، މީންޒަމާނަކު ދިވެހި ވެރިޔަކާ ކުރިމަތިލާން ނުޖެހުނު ވަރުގެ އިމްތިހާނަކާއެވެ. ޕާރޓީގެ އެތެރެޔާއި ބޭރުގެ ސިޔާސީ ގޮންޖެހުންތަކާއި އެކީގައިވެސް މިއުދަނގޫ ދަނޑިވަޅުގައި ރައީސް ސޯލިހު އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަށް ނަޒަރުހިންގާލަމާހެވެ.

1929 ވަނަ އަހަރުން ފެށިގެން ދުނިޔެއަށް އައި އިގްތިސާދީ “ގްރޭޓް ޑިޕްރެޝަން” ނުވަތަ ބޮޑު ތަދު 1939 އާއި ހަމަޔަށް ދެމިގެން ދިޔައެވެ. އަދި 1939 އިން ފެށިގެން 1945 ވަނައަހަރާއި ހަމަޔަށް ދުނިޔޭގެ 2 ވަނަ ބޮޑު ހަނގުރާމަ ކުރެވުނެވެ. އެއަށްފަހު މުޅި ދުނިޔޭގެ އިގްތިސާދު މިހާ ދުވަހަށް މަޑުޖައްސާލި ދުވަސްވަރަކީ 2020 ގެ ކޮވިޑް-19 އިގެ ހާލަތެވެ. މިކާރިސާޔާއި ގުޅިގެން ރައީސް ސޯލިހު އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަކީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދީ އެއްމާހިރު ޖޯން މޭނާރޑް ކީނެސް ގެ ކޭންޒިއަން އިކޮނޮމިކް ސިޔާސަތުތަކެވެ. އެއީ އިސްވެދެންނެވުނު 1930 ގައި އޮތް ބޮޑެތި އިގްތިސާދީ ދަތިތަކުން އަރައިގަންނަން ބޭނުން ކުރެވުނު “ޑިމާންޑް ސައިޑް އޮފް އިކޮނޮމިކްސް” އެވެ.

ކުރީގެ “ނިއޯ ކްލެސިކަލް” އިގްތިސާދީ ތިއަރީތައް ވަކާލާތު ކުރަނީ ބަޖެޓް ބެލެންސް ކުރުމާ ދައުލަތުން އެއްވެސް ގޮތަކަށް ލިބޭ މިންވަރަށް ވުރެ ގިނައިން ޙަރަދު ނުކުރުމަށެވެ. ނަމަވެސް ކޭންޒިއަން އިގްތިސާދީ ސިޔާސަތުތައް ވަކާލާތު ކުރަނީ އެވަގުތުގެ ހާލަތަށް ބަލާ ސަރުކާރުން އިގްތިސާދު ހުއްޓުމަކަށް ނުގެނެސް އިތުރު ފައިސާ އިގްތިސާދައް ދައުރު ކުރަން ނެރުމާ ވަޒީފާތައް ގިނަކުރަން ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން އަޅާ ފިޔަވަޅުތައް ދުވަހުން އެޖަސްޓް ވާނެތީއެވެ. އިގްތިސާދު އޭގެ އަމިއްލަ ޒާތުގައި މި ޙުތޫރަތްތެރި ދަނޑިވަޅު ދޫކޮށްނުލުމެވެ.

އެގޮތުން މުޅި ދިވެހިރާއްޖޭގެ ބޯޑަރު ބަންދުވެ ދައުލަތައް މަހަކު ލިބެމުން އައި 2 ބިލިއަންގެ އާމްދަނީ އެންމެ 300 މިލިއަނަށް ވެއްޓި، ރާއްޖޭގެ ރިޒާވް ދުވަހަކު ދަށަށް ނުދާވަރަށް ދަށަށްދިއައެވެ. މަހަކު އެންމެ ކުޑަވެގެން ދައުލަތުގެ ޙަރަދުތަކަށް 1.8 ބިލިއަން ބޭނުން ވާއިރު އެންމެ 300 މިލިއަނުން ނުފުއްދޭނެ ހާލަތަށް ދިޔައެވެ. ކުދި ވިޔަފާރިތަކާއި އަދި ޓުއަރިޒަމް ގެ އެތައް ވަޒީފާތަކެއް ގެއްލުމާއި ހިސާބައް ގޮސް މުސާރަތައް ޕްރައިވެޓް ސެކްޓަރުގައި ބޮޑުތަނުން ކުޑަކުރިއެވެ. ކުދި ވިޔަފާރިތަށް ބަނގުރޫޓުވާ ހިސާބަށް ދިޔައެވެ. ބޭރުގެ ލޭބަރ މަސައްކަތްތެރިންނަށް މުސާރަ ނުދެވޭތީ އެމީހުން ގެ ބޮޑެތި މުޒާހިރާތަކާ ރަހީނު ކުރުމުގެ ބިރުވެރި ހާދިސާތައްވެސް ހިނގިއެވެ.

މި ނާޒުކު ދަނޑިވަޅު ރައީސް ސޯލިހު މެނޭޖް ކުރެއްވީ ވަރަށް ކެތްތެރިކަމާއި އަދި ހިކުމަތް ތެރި ކަމާއި އެކީގައެވެ. ރައީސް ސޯލިހު ދައުލަތުގެ ޙަރަދު ހަމަޖެއްސުމަށްޓަކައި މަޖްލީސް އިން ހުއްދަނަގައިގެން އެމް.އެމް.އޭ އިން އޮވަރޑްރާފްޓް ނެންގެވިއެވެ. ދައުލަތުގެ މުސާރަވެރިންގެ މެޖޯރިޓީ ކަމަށްވާ 20 ހާސް ރުފިޔާއިން ދަށުގެ މުސާރަތަކާ އެއްގޮތަކަށް ވެސް ނުކުޅުއްވައެވެ. އޭގެ މަތީ މުސާރަތައް ވެސް ދައްކުރީ އެންމެ ތިން މަހަށެވެ. ހަމައެކަނި މިފިޔަވަޅުންވެސް ހުއްޓިފައިއޮތް އިގްތިސާދު އިނދަނުޖެހި ހެފެހެއްޓުނެވެ. ދައުލަތަކީ ގައުމުގެ އެންމެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާގައި ގެންގުޅޭ ފަރާތެވެ. ދައުލަތުން ނުލިބޭ އާމްދަނީ އަކުން މުސާރަ ނުދެވޭނޭ ބުނިނަމަ އެތައް ބައެއް ވަޒީފާ ގެއްލި ބިކަވީހެވެ. އަދި އެމުސާރަވެރިން އާންމު ވިޔަފާރިތަކުން ކުރާ ވިޔަފާރި އެއްކޮށް ހުއްޓި އިގްތިސާދުގައި އެއްވެސް ޑިމާންޑެއް ނެތި އެތައް ބައެއް އިނދަޖެހުނީހެވެ. އެހެންވެ މިޔަދު ދައުލަތުގެ މުސާރަވެރިންނަށް ކުރިންވެސް ލިބޭ ވަރު ލިބޭތީ އެކަން މާބޮޑުކަމަކަށް ނުވެދާނެއެވެ. ނަމަވެސް ދައުލަތުން ނުލިބޭ އާމްދަނި އަކުން ޙަރަދުތައް އެހަމަޖައްސަނީ ވަރަށް ބޮޑު ބުރައެއް އުފުއްލައިގެންނެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ޓުއަރިޒަމް އިންޑަސްޓްރީ މުޅީން ހުއްޓި އެތައްބަޔަކު ވަޒީފާ ގެއްލެން ދިޔަ ދަނޑިވަޅެއްގައި ސަރުކާރުން ރިސޯރޓް އޯނަރުންނާ ވާހަކަ ދައްކާ ރިސޯރޓް ރެންޓް ދެއްކުން އެއްއަހަރަށް މަޑުޖައްސާލިއެވެ. އަދި ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކެޖެއް ނެރި ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ދޫކުރެއްވިއެވެ. އަމިއްލަ ފަންނުވެރިންނާއި ވަޒީފާ ގެއްލުން ފަރާތްތަކަށް އިންކަމް ސަޕޯރޓް ދެއްވިއެވެ. ސްކޫލްތައް ބަންދުވިޔަސް އޮންލައިން ކޮށް ކިޔަވާދެވޭނެ ވަސީލަތްތައް ގާއިމްކޮށް ސްޓޫޑަންޓް ލޯންތައް ދެއްކުން މަޑުޖައްސާލާން ހަމަޖައްސައިދީ އެޑިއުކޭޝަނައް ކުރާ ޙަރަދުތަކާއި އިންވެސްޓްމެއްޓްތައް ކުރިޔައް ގެންދެވިއެވެ. އަދި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ ބޭންކް ލޯންތައް ދެއްކުން މަޑުޖައްސާލަން މޮރިޓޯރިއަމް ނެރުއްވިއެވެ. ކޮވިޑް-19 އިން ދިވެހިރާއްޖެ އަރައިގަތުމަށްޓަކައި އެތައް ބިލިއަން ރުފިޔާ ޙަރަދު ކުރެއްވިއެވެ. އަދި މިކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުރުމުސްތަގުބަލަށް ބޭނުން ކުރެވޭ ސިއްހީ ވަސީލަތްތައް ގާއިމް ވެއްޖެއެވެ. އަދި ކޮވިޑް-19 އިގެ ކުރެވުނު ޙަރަދުތައް ސަރުކާރުން އެދިގެން އޯޑިޓްކޮށް އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް އުޅޭނަމަ ދަނީ ފިޔަވަޅުއަޅުއްވަމުންނެވެ. އެއީ ވަޒީރުން ވިޔަސް އަދި ސިވިލް ސަރވިސް ވިޔަސް ތަފާތު ނުކޮށެވެ.

އިސްވެދެންނެވުނުހެން ދިރާސާކޮށްލުމުން އެނގެނީ ރައީސް ސޯލިހު މިއެޅުއްވީ ކޭންޒިއަން އިގްތިސާދީ ފިޔަވަޅުތަކެވެ. މިފިޔަވަޅުތާއިއެކީ ޓުއަރިޒަމް ހުޅުވާލުމުން ދައުލަތުގެ އާމްދަނީ މައްޗަށް ދާން ފަށައިފިއެވެ. އަދިވެސް އޮތީ ދަތި މަރުހަލާ ތަކެކެވެ. ނަމަވެސް އެންމެ ދަތި ދަނޑިވަޅުތަކުގައި ރައީސް ސޯލިހު އަދި އެމަނިކުފާނުގެ ޓީމް ދަނީ އިޖްތިމާއީ އަދި ކުޅިވަރުގެ ވަސީލަތްތަކާ ބޮޑެތި ޕްރޮޖެކްޓްތައް ވެސް ހުއްޓުމެއް ނެތި ކުރިޔައް ގެންދަމުންނެވެ.

މުޅި ދުނިޔެއަށް ދަތިވެފައިވާ މިދަނޑިވަޅުގައިވެސް ބައިނަލްޢަގުވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކާއި އެކުވެރި ގައުމުތަކުން ހިލޭ އެހީ އާއި ލުއިލޯން ހޯއްދެވިއެވެ. މީގެން އެމަނިކުފާނުގެ ޙާރިޖީ ސިޔާސަތުތައް ކާމިޔާބުކަން ފާހަގަވެއެވެ. މުޅިދުނިޔެއާއި ގުޅުން ބަދަހިކޮށް ޙަރުދަނާގޮތެއްގައި ދިވެހި ގައުމައް ދަނީ އެކިފަރާތްތަކުގެ އެހީ ހޯއްދަވަމުންނެވެ.

މިހުރިހާކަމަކާ އެކީ އެންމެ ފާހަގަވީ ރައީސް ސޯލިހުގެ ކެތްތެރިކަމެވެ. ކަނޑައަޅާ ސިޔާސަތު ތަކުގައި އެއްގޮތެއްގައި ހިފެހެއްޓުމެވެ. ތެޅިފޮޅި ދެދުވަހުން އެއްދުވަހު ޕްރެސްކޮންފަރަންސް އެއް ރައީސެއް ނުބާއްވައެވެ. ދެދުވަހު ދޭއްޗެއް ވިދާޅެއްނުވެއެވެ. އެންމެދަތިވި ދުވަހުވެސް ރައްޔިތުން ހާސްވާގޮތަކަށް ކަންތަކެއް ނުކުރައްވައެވެ. ރައީސް ޕެނިކުވާނަމަ މުޅިގައުމު ހާސްވާނެއެވެ. ނަމަވެސް ގެންގުޅުއްވި ސިޔާސަތުތަކުން ރައްޔިތުންނަށް ކޮންފިޑެންސްލިބުނެވެ. އަދި މާލޭ ކޮމިއުނިޓީ ސްޕްރެޑް ވީކަން އެގުނު ދުވަހު ކީރިތި ކުރެއްވުނީ އެކަމުގެ ބޮޑުކަން އަނދާޒާ ކުރެވޭތީ އަދި ރައްޔިތުންނަށް އެންޕަތީ ހުރި ލީޑަރެއްވީމައެވެ. ސިޔާސީ ގޮންޖެހުންތަކާއި އެކީގަވެސް މި އުދަގޫ ދަނޑިވަޅުތަކުގައި ރައީސް ސޯލިހުދަނީ ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވަމުންނެވެ. މިކަމުން އަރިގަތުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ.

ޑިމޮކްރަސީއެއްގައި އަބަދުވެސް ފާޑުކިޔާނީ ސަރުކާރަށެވެ. ނަމަވެސް މިޔަދު އެހެން ލީޑަރަކު ހުރިނަމަ ކަންކުރާނެގޮތް އަންދާޒާ ކޮށްލެވެނީ މިހާލަތުގައިވެސް ރައްޔިތުންގެ ހައްގުތައް ދެވޭނެ އެންމެ ފުޅާމިނެއްގައި ރައީސް ސޯލިހު ދެއްވަމުން ދާތީއެވެ. އަދި ހާލަތުގެ ފައިދާ ނަގާ ސިޔާސީ މަންފާ ހޯދަން ރައީސް ސޯލިހު ނޫޅުއްވާތީއެވެ. އަދި ޙަރަދަނާ އިގްތިސާދީ ފިޔަވަޅުތައް އަޅުއްވަނީ އަމަލުންނެވެ. ‘އިކޮނޮމިސްޓުގެ’ ލޭބަލް ޖަހައިގެނެއް ނޫނެވެ.

 

ވަރަށް ގަދަ
29%ވަރަށް ގަދަ 54%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. ހަގީގަތުގަ ރާއްޖެއަށް އިންކަމް ލިބުން ހުއްޓި މިހިސާބަށް ދާއިރުވެސް އޭގެ އަސަރު ވަރަށް ކުޑަ.. މީގެ ކުރިން ފެންނަނީ ކުޑަ ކަމެއް ވާއިރަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރާތަން، އޭގެ ސަބަބުން އެއިން ކޮންމެ ފަހަރަކުވެސް ތަކެތީގެ އަގު އުފުލިގެން ދިޔަ މިހާރު ނުދާވަރަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: