ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާއިމެދު ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަޙުޤީޤުއް ފަށައިފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާއިމެދު ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތައް ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލުމަށް ރައީސް ސާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ޙާލަތު ވަޒަންކޮށް، އެ މަރުކަޒުތަކުގައި އެކުދިންނާމެދު ޢަމަލުކުރެވެމުންދާ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ 5 މަރުކަޒަކަށް 10 މާޗް 2020 އިން 14 އެޕްރީލް 2020 އަށް ކޮމިޝަނުން ވާނީ ޒިޔާރަތްކޮށްފައެވެ.

އެގޮތުން، ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި، ކުޑަކުދިންގެ ހިޔާގައި އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް 26 މާޗް 2020 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެވިފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮންމެޑޭޝަންތައް ތަންފީޛުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންއާއެއްގޮތަށް މަސައްކަތް ކުރަމުން ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކުޑަކުދިންނާއި ގުޅުން ހުރި މައްސލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި 12 މާޗް 2020 އާއި 8 އެޕްރީލް 2020 ގައި ދޫނިދޫ އަދި އަތޮޅުވެހި ކަސްޓޯޑިއަލްއަށާއި، 16 މާޗް 2020 ގައި އައްސޭރި ޖަލަށް ކޮމިޝަނުން ކުރި ޒިޔާރަތާއި، އަދި 14 އެޕްރީލް 2020 ގައި ފިޔަވަތި މަރުކަޒަށް ކޮމިޝަނުން ކުރި ޒިޔާރަތުގައި، އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި، ތަނުގެ ރައްކާތެރިކަމާއި، އެތަންތަނުގައި ތިބޭކުދިންނާއި ލިބޭޚިދުމަތްަތަކާއި، އެތަންތަނުގައިހުރި. ލައިފް/ހެލްތު ރިސްކުތަކާއި، އެމަރުކަޒުތަކުގައި ކުދިންނާމެދު ޢަމަލު ކުރެވެމުންދާ އުސޫލުތަކާމެދު މަޢުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެވިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ކުޑަކުދިންގެ މަރުކަޒުތަކުގައި މިހާރުން މިހާރަށް އިޞްލާޙުކުރަންޖެހޭ ކަންކަމާއި، އެކަންކަން އިޞްލާޙުކުރުމަށްޓަކައި ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ބަޔާންކޮށް، ކޮމިޝަނުން ތައްޔާރުކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް 23 ޖޫން 2020 ގައްޔާއި 23 ޖުލައި 2020 ގައި ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި 08 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާއާއި ކޮމިޝަނާއެކު ބޭއްވުނު ބައްދަލުވުމުގައި، ކުޑަކުދިން ބަލަހައްޓާ މަޒުކަޒުތަކުގައި ކުދިންނަށް ލިބެމުންދާ ޚިދުމަތްތަކާއ،ި އެތަންތާނުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެ މަރުކަޒުތަކުގެ ޙާލަތާގުޅޭގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާ ކުރެއްވިކަން ރިޔާސީ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވަތި މަރުކަޒުގައި އިޞްލާޙުކުރަންޖެހޭކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލްއާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަން، އަދި އައްސޭރި ޖަލުގައި އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށްޓަކައ،ި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކޮމިޝަނުން ގެންދާކަން ވަނީ ފާހަގަ ކޮށްފައެވެ.. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ޤާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަޙުޤީޤުގެ މަސައްކަތްތައް ކޮމިޝަނުން ކުރަމުންދާކަން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިމީހުންގެ ކަމަކީ ކޮމިށަން ހަދައިގެން ރިޕޯޓް ހެދުން ކަމެއް އިސްލާހު ކުރަން އުޅޭ ބަޔެއް ނޫން !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: