ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޝާމްއާއި ފުލުހުން ހޭވި ހަޑީގެ ގެއްލުން ދިވެހި ރައްޔިތުންނަށް: ސިރާޖް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާއި ފުލުހުން ހޭވި ހަޑީގެ ސަބަބުން ގެއްލުންވީ ދިވެހި ރައްޔިތުންނަށް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅާފައެވެ. އެއާއެކު އެމަނިކުފާނުގެ އެކައުންޓްތައް މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމްއާއި ފުލުހުން ހޭވި ހަޑީގެ ގެއްލުން ދިވެހި ރައްޔިތުންނަށް ކަމަށާއި ނަމަވެސް މިހާރު ބިޝާމް ބަދަލުވެއްޖެ ކަމަށެވެ.

“ފުލުސް ރިފޯމް އަވަސް ވާންޖެހޭ. އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވާންޖެހޭ.” ސިރާޖު ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާމީން ހުޅުވާފައިވާ 8 އެކައުންޓު ފްރީޒް ކުރަން ދައުލަތުން ހުށަހެޅިއިރު އެ 8 އެކައުންޓުގައި ހުރި ފައިސާ އާއި އޭސީސީން ބީއެމްއެލްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހިނެތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އާއި އެމްއައިބީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައި ހުރި ފައިސާއާ ގުޅުމެއް އޮތްކަން ދައުލަތުން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޔާމީންގެ އެ 8 އެކައުންޓު ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ތާއީދުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މި ހުކުމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސް ތާއީދު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 13%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: