ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމްގެ ސުވާލު ސިރާޖަށް: ބިޝާމްއާއި ފުލުހުންނާއި ކުރީ ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލައިގެން ކިހާ ދުވަހަކު ތިބެވޭނެތޯ؟

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާއި ފުލުހުން ހޭވި ހަޑީގެ ސަބަބުން ގެއްލުންވީ ދިވެހި ރައްޔިތުންނަށް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖް ވިދާޅުވުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސިރާޖުއަށް ސުވާލުތަކެއް ކުރިމަތި ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނިކޮށް އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކުރުމާއި ގުޅިގެން މޫސާ ސިރާޖް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބިޝާމްއާއި ފުލުހުން ހޭވި ހަޑީގެ ގެއްލުން ލިބުނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ނަމަވެސް މިހާރު ބިޝާމް ބަދަލުވެއްޖެ ކަމަށެވެ.

ސިރާޖުގެ އެ ޓުވިޓަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ބިޝާމްއާއި ފުލުހުންނާއި ކުރީ ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލައިގެން ކިހާ ދުވަހަކު ތިބެވޭނެތޯ ވިދާޅުވެ ސިރާޖުއާ ސުވާ ކުރެއްވިއެވެ.

މީގެއިތުރުން އުޝާމް ވިދާޅުވީ އެމްޑީޕީއަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ވެސް ލިބިފައިވާ ކަމަށާއި އެހެން ކަމުން ކަންކަން ރަނގަޅު ކުރަން ދެން އިތުރަށް ބޭނުން ވަނީ ކޮންއެއްޗެއްތޯ ވިދާޅުވެ އުޝާމް ސިރާޖުއާއި ސުވާލު ކުރެއްވިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާމީން ހުޅުވާފައިވާ 8 އެކައުންޓު ފްރީޒް ކުރަން ދައުލަތުން ހުށަހެޅިއިރު އެ 8 އެކައުންޓުގައި ހުރި ފައިސާ އާއި އޭސީސީން ބީއެމްއެލްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހިނެތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އާއި އެމްއައިބީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައި ހުރި ފައިސާއާ ގުޅުމެއް އޮތްކަން ދައުލަތުން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޔާމީންގެ އެ 8 އެކައުންޓު ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ތާއީދުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މި ހުކުމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސް ތާއީދު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: