ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލް ކޮށްފި

ކުރީގެ ރައީސް އަބްދުލް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢައިޝަތު އާޒިމާ ޝަކޫރު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެ ދެ އަޑުއެހުން ތާވަލުކޮށްފައިވަނީ އެކުއެކީގަ އެވެ.

މި މައްސަލަތަކުގެ އަޑުއެހުމެއް މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ވެސް ތާވަލުކުރިއެވެ. ނަމަވެސް އާޒިމާ ޑޮކްޓަރަކަށް ދައްކަން ޖެހިވަޑައިގަންނަވާތީ އެ ދުވަހުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

އާދީއްތަ ދުވަހު ބާއްވާ އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ މެންދުރު 1:30 ގައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގައެވެ. މި މައްސަލަތަކުގެ ތަހުގީގަށް ޔާމީން އާއި އާޒިމާ މީގެކުރިން އެތަށް ފަހަރެއްގެ މަތިން ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: