ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމްގެ ރައްދު އިކްރާމަށް: މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން!

ޝެއާރކޮށްލާ ކަހަލަދޯ؟

މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުންނެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، އެ ތުހުމަތު އިކްރާމް ދޮގު ކުރެއެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން ކަމަށާއި މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށެވެ.

އިކްރާމް ވިދާޅުވި ގޮތުގައި މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ. އަދި އެތާ ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި އެޗްޕީއޭ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުން އަމަލު ކުރަނީ އޯގާތެރިކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: