ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދަނޑުވެރިކަމަށް ރަށްތައް ދޫކުރަންވީ ކައިރީގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް”

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމަށް ރަށްތައް ދޫކުރަންވީ ކައިރީގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުވެރިކަން ކުރަން ބޭނުންވާ ގިނައަދަދެއްގެ ބަޔަކަށް ދިނުމުން ނަތީޖާ ރަނގަޅުވެފައި ރަށްރަށުގެ މީހުންނަށް އެރަށްރަށަށް ހިތްއުފާކޮށްލަންވެސް ދިއުމުގެ ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ދިގު މުއްދަތައް ރާއްޖެއިން ރަށްތައް ދޫކުރަމުން އަންނަތާ 32 އަހަރުވެފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް ރަށަކީ ވިޔަފާރީގެ ދެކޮޅު ޖެހޭ ރަށްތަކެއް ނޫންކަން މަޖިލީހުގެ މެމްބަރުންނަށް ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ފުރަތަމަ ބުރުގައި ދޫކުރާނީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ބ. މާއްޑޫ އާއި ގދ. އޮއިނގިއްލާ އެވެ. މި ރަށްތަކުގެ ބީލަން ފޮތް ވިއްކަނީ މި މަހު 14 އިން ފެށިގެން އަންނަ މަހު ފަހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: