ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ 444 ރުފިޔާގެ މައްސަލަ ބެލޭއިރު، އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާނުކޮށް ތިބޭތީ ކަންބޮޑުވުން ފާޅުކޮށްފި!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ، މައްސަލައަކަށް ނުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސް ކުރެއްވި މެމްބަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދުވެސް ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ 444 ރުފިޔާގެ މައްސަލަ އޭސީސީއަށްވީ ވަރަށް ބޮޑު މައްސަލައަކަށް ކަމަށެވެ. އެހެންނަމަވެސް، އެމްއެމްޕީއާރުސީގެ މައްސަލަ، އޭސީސީއަށް އެއީ މައްސަލައަކަށް ނުވާ ކަމަށެވެ. މިމައްސަލައިގައި ޝާމިލުވާ ބޭފުޅުން ސާފުކޮށް އޭސީސީއަށްވެސް އަދި ފުލުހުންނަށްވެސް އެނގޭއިރު، އެމައްސަލައިގައި ދައުވާނުކޯށް ތިއްބަވަނީ ކީއްވެތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ތަހުގީގީ މާހިރަކަށް އަދި ގާނޫނީ މާހިރަކަށް ވާކަށް ނުޖެހޭ މިކަން ދިރާސާ ކުރާކަށް. ލޯމަރާލާފައި ލޯ ހުޅުވާލީމަ ފެންނަން އޮތްހާ ސާފުކޮށް ފެންނަން އޮތް ކަމެއް މިއީ

ގއ. ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހުއެނބުރި މާލެ ވަޑއިގެންނެވުމުގެ ކުރިން އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން، ޓިކެޓަށް އިތުރަށް ހަރަދުވި 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީއިން މަޖިލީހުގެ ރައީސަށް އަންގަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު، ދައުލަތަށް ދައްކަވަންޖެހޭ 444 ރުފިޔާ ދައްކަވާފައިވާކަން ހާމަކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މި މަނިކުފާނަށް ނޭނގޭތޯ އެމް.އެމް.ޕީ.އާރު.ސީ މައްސަލަ އަކީ ރިޔާސީ ކޮމިޝަނަކުން ބަލާ ކަމެއްކަން. ތިމާ ހިތްޕުޅާ ނުވާ ކަމެއް ވީމައި މި ބަދުނާމު ކުރަނީ އޭ.ސީ.ސީ. ވާނީވެސް އެހެންތާ ޝިފާގެ މައްސަލައެއް ބަލައިފި ވިއްޔަދޯ. 444 ރުފިޔާ ވިޔަސް އެއީ ކޮރަޕްޝަން ވިއްޔާ އެ ހަމަ ގޯސް. ގޯސް ވާނީ ގޯހަށް ކުޑަޔަސް ބޮޑަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: