ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ބަލާ މުއަސަސާތައް ކޮރަޕްޝަން ހިންގުމުގައި ޝާމިލްވޭ: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހަވާލުކޮށްފައިވާ މުއައްސަސާތަކުން ކޮރަޕްޝަން ހިންގުމުގައި ޝާމިލްވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ތުހުމަތު ކުރައްވައިފިއެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސް ކުރަމުން ސަނީފް ވިދާޅުވީ ޒަމާނަށް ބަދަލު އައި ނަމަވެސް ކޮރަޕްޝަން ހިންގާ ގޮތަކަށް ބަދަލެއް ނާންނަ ކަމަށާއި އެއީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

“ކޮރަޕްޝަން ބެލޭނެ ގޮތްތަކެއް ނެތީ. ބަލަން ހަވާލުކޮށްފައި ތިބި ބަޔަކަށް އެކަން ނުކުރެވިގެން މިއުޅެނީ، ބަލަން ތިބި މީހުން، ބަލަން ހަވާލުކޮށްފައިތިބި މުއަސަސާތައް، އެ ފުލުހުންގެ އިދާރާ ކަމުގައި ވިޔަސް، އޭސީސީ ވިޔަސް އަދި އެ ނޫންތަނެއް ވިޔަސް، އެ ބޭފުޅުން މި ކޮރަޕްޝަން ތެރޭގައި ޝާމިލް ވަނީ. ކޮރަޕްޝަން ހިންގާ މީހުންނާ އެކީގައި އެ ބޭފުޅުންވެސް ޝާމިލް ވަނީ. ޝާމިލް ވުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެނަށް މިކަން ނުހުއްޓުވިގެން މިއުޅެނީ.” ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ 19 ވަނަ މަޖިލީހުގެ މަސައްކަތާއެކު، ރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތްކުރަމުންދާ ގޮތް ރައްޔިތުން ބަލައިގަންނަ ކަމަށާއި އެއީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ފޮނި ނަތީޖާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ ސިޓީގެ މޭޔަރު ޝީފާ މުހައްމަދުގެ މައްޗަށް ކުޑަ ކުޑަ ކަމެއްގައި ދައުވާކުރަން ފޮނުވި ކަމަށް ވިދާޅުވެ ސަނީފް ވަނީ އޭސީސީއަށް ފާޑުވިދާޅުވެފައެވެ. ހަމައެގޮތަށް ރާއްޖޭގައި ބޮޑެތި ވައްކަންތައް ކޮށްފައިތިބޭ މީހުންގެ މައްސަލަތައް ނުބެލެންވީ ކީއްވެތޯ ސަނީފް ވަނީ ސުވާލުއުފައްދާފައެވެ.

ލޮނު ޒިޔާރަތް ޕާކުގައި ފާހާނާ ބަރިއެއް ހެދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފަ އެވެ.

މީގެ އިތުރުން ގއ. ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމާލުމަށް ފަހު، ރައީސް ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހުއެނބުރި މާލެ ވަޑއިގެންނެވުމުގެ ކުރިން އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން، ޓިކެޓަށް އިތުރަށް ހަރަދުވި 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީއިން މަޖިލީހުގެ ރައީސަށް އަންގަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދު، ދައުލަތަށް ދައްކަވަންޖެހޭ 444 ރުފިޔާ ދައްކަވާފައިވާކަން ހާމަކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: