ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމު ފުރިހަމަ ނުކުރެވިފައި ތިބި ދަރިވަރުންނަށް ޚާއްޞަ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީ ދެނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ޚާއްޞަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު”ގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުޞަތު އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މި އުސޫލުގެ ދަށުން ޚާއްސަ އެޙީ ދޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތަކެވެ.

މި ފުރުޞަތަކީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލުގައިވާގޮތުން އެހީއަށް އެދި ހުށަހަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރުން ކަމުގައި ވާންޖެހެއެވެ. އަދި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް، ޒަކާތް ލިބުން ހައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައި ވާންޖެހޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރަކަށްވެސް ވާންޖެހެއެވެ. އަދި މި އުސޫލުގެ ދަށުން ޚާއްސަ އެހީއަށް އެދޭ ދަރިވަރުންނަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައި ވެސް ވާންޖެހެއެވެ. އަދި އެއީ ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިނުވާ ދަރިވަރަކަށްވެސް ވާންޖެހެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: