ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓު މިނިސްޓްރީގެ މަތީ މަގާމުތަކުގައި ތިބޭ މީހުން ދަނީ ނުހައްގުން އެތައް ފައިސާއެއް ނަގަމުން: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓްރީގެ މަތީ މަގާމުތަކުގައި ތިބޭ މީހުން ދަނީ ނުހައްގުން އެތައް ލާރިއެއް ނަގަމުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ މާލޭގެ މަގުމަތިން ޕާކިން ސްލޮޓް ދޫކޮށް އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމެއް އަންނަ އަހަރުން ފެށިގެން ހަމަޖެހިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރުމާ ގުޅިގެންނެވެ.

މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގެ ސަބަބުން ކޮރަޕްޝަން ފެށިގެންދާނެ ކަމަށާއި ސްލޮޓް ލިބޭނެ ކަމަކަށް ނުވާނެ ކަމަށެވެ.

“ޓްރާންސްޕޯޓު މިނިސްޓްރީގެ މަތީ މަގާމުތަކުގައި ތިބޭ މީހުން ދަނީ ނުހައްގުން އެތައް ލާރިއެއް ނަގަމުން.” މޮސްޓާ ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލް ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ޝިމާޒް ޢަލީ ވިދާޅުވީ މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިން ނުރަނގަޅު ކަންކަން ހިނގާފައިވާ ކަމަށެވެ.

އެކަން އިސްލާހުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން, މާލެ ސިޓީ ކައުންސިލުން ގަރާޖެއް ރަޖިސްޓްރީ ކުރުމަށްފަހު އެތަނަށް ހުއްދަދިނުމުން އެއީ ރަނގަޅުތަނެއްތޯ މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު ވެހިކަލަށް ހުއްދަދެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮބާތޯ ނިއުރޭޑިއަންޓް ޖާރޒީ ވިއްކައިގެން ލިބުނު ލާރިތަށް. އެވެސް ނެގީ ޓްރާންސްޕޯޓް ކުދިން އުތަ… ކިހާ ހިސާބަކަށްބާ ފޮނުވާލީ. ގާދޫ ކޮލުން ބޭރު ތޯއްޗެއްކުރީ ????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: