ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން މަގާމުން ވަކި ނުކުރާތީ ޖަމީލްގެ ފާޑުކިއުން ރައީސްއަށް: “މި ދެން އެންމެ ތާހިރު ގޮތް ތޯ؟”

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީގެ ކޮވިޑު ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ހާމަވީ ނަމަވެސް މިނިސްޓަރުކަމުގެ މަގާމުން އަބްދުﷲ އަމީން ވަކިނުކުރާތީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ސިއްހީ ސާމާނުތައް ގެނައުމާއި، އަދި ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، އަމިއްލަ މަންފާއަށް މަސައްކަތްކޮށްފައި ވާތީ އަމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އޮޑިޓު ރިޕޯޓުގެ މައްސަލައާއި އެކު މުސާރަ ހިނގާ ގޮތަށް އަމީން މަގާމުގެ މަސްއޫލިއްޔަތުން އަމިއްލަފުޅަށް އެކަހެރިވެ ހުންނަވާތާ ވަނީ ދެ މަސް ވެފައެވެ. އެހެން ނަމަވެސް އަމީން ވަޒީރުކަމުން ވަކިކޮށްފައި ނުވާތޯ އެކަމަށް ސަރުކާރުގެ މެމްބަރުންގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

އަމީނަށް އަމާޒުކޮށް ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބޮޑު ޖޯކަކަށް ވެ، ސާމާސާއަކަށް ބަދަލުވެފައިވާ ކަމަށެވެ. ރައީސް ސޯލިހަށް ގާނޫނުއަސާސީއިން އެމަނިކުފާނަށް މަތިކޮށްފައިވާ ބާރުތައް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، “ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް” ބަސް ބޭނުންކޮށް ކެމްޕެއިން ކުރައްވާފައިވަނީ އިންތިހާބަށް އޮތް ފޯރިއެއްގެ ތެރެއިންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“މި ކުށަށް ތަހުގީގު ކުރެވި، ދައުވާ އުފުލިޔަސް، ލަދު ގަނެ، ވަޒީފާ ގެއްލޭ ވަރުގެ ކަމެއް ނޫން. މިއީ ހަމަ ތާހިރު ގޮތް ތޯ؟” ޑރ. ޖަމީލް

އޭސީސީއިން ވަނީ އަމީނާއި އެކު އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައެވެ. އެހެން ނަމަވެސް ޕީޖީއިން މިހާތަނަށް މައްސަލައާއި މެދު ވަކިގޮތެއް ނިންމާފައި ނުވެއެވެ.

މި މައްސަލައިގައި އޭސީސީއިން އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވި ރިޕޯޓުގައި ވާ ގޮތުން 75 ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން އެގްޒެކިއުޓާސް އާއި އެކު އެކުލަވާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމީނެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ އާއްމު އުސޫލާއި ހިލާފަށް ވަކި ބައެއްގެ އަތުން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. ކޮމިޝަނުން އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުން ވެންޓިލޭޓަރު ގެނައުމުގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ދަޢުލަތަށް ގެއްލުންލިބޭ ގޮތަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށެވެ.

އޮޑިޓު ރިޕޯޓުން ފެންމަތިވީ މައްސަލަތަކާއި ހެދި މީގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރިއެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 25 ގައެވެ. މެމްބަރުންގެ ސުވާލުތަކަށް އެދުވަހުގެ ކޮމިޓީގައި އަމީން ވިދާޅުވެފައިވަނީ އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތަކުގެ މައްސަައިގައި ނާޖާއިޒް ފައިދާ ހޯދައިދިނުމާއި، އޮޅުވާލުންތަކެއް ވާކަމަށް ބުނެފައިވީ ނަމަވެސް އޭނާގެ އެފަދަ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި އެއްވެސް އަމަލެއް ހިންގާފައި ނުވަނެ ކަމަށެވެ.

އަމީން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި، ކޮވިޑުގެ ހާލަތު ގައުމުގައި އޭރު އޮތް ގޮތުގެ ސަބަބުން އޭނާ މަސައްކަތް ކުރީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: