ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ގޭމް)ގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގޭމްގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް އަދި އެކްސްކޯ މެމްބަރުގެ ދެ މަގާމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އެ އެސޯސިއޭޝަންގެ ގޯލްޑް މެމްބަޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވުމާއި، ގޭމް ތަމްސީލްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުމާއި، 18 އަހަރު ވެފައިވާ ދިވެއްސަކަށްވުން ހިމެނެއެވެ. މީގެއިތުރުން ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް އޮތުން ހިމެނެއެވެ.

މި މަގާމުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައި އިލެކްޝަން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުކަމަށް ގޭމްއިން ބުނެއެވެ.

އީމެއިލް މެދުވެރިކޮށް މަގާމުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: