ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްހަރް ޔުނިވާސިޓީގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިއުލާނުގައި ބުނެފައިވަނީ އަޒްހަރް ޔުނިވާސިޓީގެ ބެޗްލަރސް ޑިގްރީގެ 8 ސްކޮލަޝިޕަށް އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިމަތިލުމައް ހުޅުވާލާފައިވާ ކަމަށެވެ.

އެ ފުރުސަތަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 25 އަހަރު ފުރިފައި ނުވުމާއި ޝަހާދާ ސާނަވިއްޔާ އިން ފާސްވެފައިވުން ހިމެނެ އެވެ.

އޭގެ ތެރެއިން ވެސް އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރެއް ނަމަ، އެއިން 65 ޕަސެންޓަށް ވުރެ މަތިން ފާސްވެފައިވުން ހިމެނެ އެވެ.

އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީ އެކަންޏެވެ. އަދި އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.

މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: