ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގައުމު އަޅިވެތި ކުރުމަށް ވާގިދީގެން ތިބޭ ކޮންމެ ބައެއް އެއީ ގައުމުގެ ދުޝްމަނުން”

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ވަޑައިގެންނެވި ދުވަހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މިވަނީ އާ ހިތްވަރަކާއި އެކު ގައުމިއްޔަތަށް ފާރަވެރިވާން ޖެހިފައިކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހާއި ގުޅިގެން ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ ފުން އިހުސާސްތަކެއް ގެނެސްދޭ ގައުމީ ދުވަހެއް ކަމަށެވެ. އަދި މިއަދު މިވަނީ އާ ހިތްވަރަކާއި އެކު ގައުމިއްޔަޔަށް ފާރަވެރިވާން ޖެހިފައިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޤައްސާން މައުމޫން ވިދާޅުވީ ބޮޑުތަކުރުފާނުގެ ޖިހާދުން ބުނެދެނީ މި ގައުމުގެ މިނިވަންކަމަށް ދަހިވެތިވެގެން އަންނަ ކޮންމެ ބަޔަކު ވެސް ފައްސާލަން ޖެހޭނެ ކަމަށެވެ. އަދި ގައުމު އަޅިވެތި ކުރުމަށް ވާގިދީގެން ތިބޭ ކޮންމެ ބައެއް އެއީ ގައުމުގެ ދުޝްމަނުންގެ ގޮތުގައި ގައްސާން ވިދާޅުވިއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަނީ އިންޑިއާ އައުޓްގެ ނަމުގައި ފަށާފައިވާ ކެމްޕެއިނެއްގެ އަޑުތައް ގަދަވެދަފައެވެ. އަދި އިންޑިއާ އައުޓް ގެ ކެމްޕެއިން އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާގެ ސިފައިންނާއި އެވެ. އިދިކޮޅުގެ އަޑުތައް ގަދަވެ އެންމެ ފަހުން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ނެތް ކަމަށެވެ. އަދި ހަތިޔާރު އެޅި ސިފައިން ވެސް ހަރަކާތްތެރި ނުވާ ކަމަށެވެ.

މި މައްސަލަ އައިކޮމްއަށް ހުށަހެޅުމުން ބޭއްވި އަޑުއެހުމެއްގައި ޑިފެންސް މިނިސްޓްރީއިން ބުނެފައިވަނީ ރާއްޖޭއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: