ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް މިއަދަށް ތާވަލް ކޮށްފި

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކޮށްދިނުމުގައި އެހީތެރިވި ކަމަށް ބުނެ  ރައީސް ޔާމީންގެ ސަރުކާރުގެ ރައީސް އފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 އަށެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މި މައްސަލައިގެ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގައި ދައްކަވަމުން އާޒިމާގެ ގާނޫނީ ވަކީލް ވިދާޅުވީ، މީގެ ކުރިން މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭރު މައްސަލަ ކުރިޔަށް ގެންދިޔައިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ. ދައުލަތުން އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު މި ތުހުމަތުތައް ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުވާގެ ސީއާ ސާފުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި އާޒިމާގެ ގާނޫނީ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ތަކުރާރުކޮށް މި ދައުވާ ސާފުނުވާކަމަށް އާޒިމާގެ ފަރާތުން ފާހަގަ ކުރުމުން ވެސް އެއަށް ރިއާޔަތް ކުރުމެއް ނެތި މައްސަލަ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. މައްސަލަ ކުރިޔަށް ގެންދިޔައީ އާޒިމާގެ ފަރާތުން ފާހަގަ ކުރަމުން ދިޔަ ކަންތަކަށް ބެލުމެއްނެތި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: