ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން ވަކިކުރަން ވޯޓު ނުދިނީ ރައީސް ސޯލިހު އަށް ފުރިހަމައަށް އިތުބާރު އޮތީމަ: ރޮޒައިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަކިކުރަން ވޯޓު ނުދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ފުރިހަމައަށް އިތުބާރު އޮތުމުން ކަމަށް މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި އޭނާގެ ނަން ނުހިމެނެނީ ކީއްވެތޯ ޓްވިޓާގައި މީހަކު ސުވާލުކުރުމުންނެވެ.

އެގޮތުން ރޮޒައިނާ ވިދާޅުވީ މިއަދުގެ އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ވިދާޅުވި ފަދައިން އެ މައްސަލަ ރައީސް ސޯލިހު ނިންމަވާނެ ގޮތާމެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

“އަޅުގަނޑު ވޯޓު ދިނީ ރައީސް ސޯލިހު މިކަމުގައި ކުރިއަށް ދާން ވިސްނާފައި އޮތް ގޮތް ޕީޖީ ލީޑާޝިޕް އިން އޮޅުންފިލުވުމަށް. އެއީ އެމްޑީޕީގެ އެންމެ އިސް ލީޑަރު.” ރޮޒައިނާ ވިދާޅުވިއެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިމިވަނީ، އޭނާގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ. އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭތީއެވެ. އެގޮތުން މިކަމުގެ ޒިންމާ އަމީން ނަންގަވަންޖެހޭނެ ކަމަށާއި މިއީ ރައްޔިތުންގެ ކުރިމަތީގައި އަމީންގެ އިތުބާރު ގެއްލި، މަޖިލީހުގެ އިތުބާރު ވެސް ގެއްލިގެން ގޮސްފައިވާ ކަމެއް ކަމަށް މަޖިލީހަށް ވެއްދި މައްސަލައިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 44%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: