ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ ނިމެންދެން މަޖިލިސް ފާރަވެރިވެ، ރައީސް ނަޝީދު އެދުނީ ޖުޑިޝަރީ ކޮމިޓީއިން މައްސަލަ ބެލުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ނިމެންދެން ރައްޔިތުންގެ މަޖިލީހުން ފާރަވެރިވާންޖެހޭ ކަމަށާއި ޖުޑިޝަރީ ކޮމިޓީއިން މިމައްސަލަ އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

24 މެމްބަރުންގެ ސޮޔާއިއެކު ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވާކަން އަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ، މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން މިނިސްޓަރަށް ދޭންޖެހޭ ނޯޓިސް ރޭ އިޝާ ނަމާދަށްފަހުގެ ވަގުތެއްގައި އަމީނަށް ދީފައިވާކަމަށެވެ. އެހެންނަމަވެސް، އެއަށްފަހު ރޭ މެންދަމުގެ ވަގުތެއްގައި މިނިސްޓަރ އިސްތިއުފާ ދެއްވާފައިވުމާއެކު ދެން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިންގި މީހުން ކަނޑައެޅި، ދައުލަތަށް ގެއްލުން އެފައިސާ އަނބުރާ ހޯދައި، އެމީހުންނަށް ހައްގު އަދަބު ދެވެންދެން މަޖިލިސް ފާރަވެރިވެ އޮތުމަކި ގާނޫނީ ވާޖިބެއް ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި މަޖިލީހުގެ ހިންގާ ގަވާއިދުގެ ދަށުން ލާޒިމްކަމެއް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުން އިންތިހާބުވެވަޑައިގަތުމަށް ތަކުރާރުކޮށް ދެއްކެވުި ވާހަކަތަކުގެ އަސާސަކީ މިއީ. ޚިޔާނާތާއި ވައްކަމާއި މިކަންކަން ހުއްޓުވުން. މިކަންކަން ބެލުމަށް މަޖިލީހުގެ މެމްބަރުން ކަވަރު ބަންނަވައިގެން ތިއްބެވުމަކީ އެއީ ލިބޭ އުފަލެއް. 19 ވަނަ މަޖިލިސް ތަފާތުވެގެންދަނީ މިސަބަބުތަކަށްޓަކައި

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލު އެކުލެވޭކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކޮށްފައިވާ ތަހުގީގަށް ރިއާޔަތްކޮށްް، މައްސަލާގައި ދައުވާކުރުމަށް ނުފޮނުވޭނެކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައްސަލާގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ މައްސަލާގައި ދައުވާކުރުމަށް ފޮނުވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިހުރީ އިދާރީ ކަންކަންކަމަށާއި އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނުކަން ރިޕޯޓުން ހާމަވާން ނެތްކަމަށެވެ.

މިކަންކަމަށް ރިއާޔަތް ކުރައްވައި ރައީސް ނަޝީދު ވަނީީ، ޖުޑިޝަރީ ކޮމިޓީއިން މިކަން އިތުރަށް ބަލައިދިނުމަށް މިއަދުގެ ޖަލްސާގައި އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: