ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން އިސްތިއުފާ ދިނީ ޖަވާބްދާރީވުމަށް ނޯޓިސް ފޮނުވާފައިވަނިކޮށް: ރައީސް ނަޝީދު

އަބްދުﷲ އަމީން އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލެތް މިނިސްޓަރ ކަމުގެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބްދާރީ ވުމަށް ދޭން ޖެހޭ ނޯޓިސް ދީފައިވަނިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭނާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު އެމްޑީޕީ އަށް ނިސްބަތްވާ 24 މެމްބަރުންގެ ސޮޔާއިއެކުރައްވާ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ވައްދާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ  24 މެމްބަރަކު ސޮއި ކުރައްވާ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެ ހުށަހެޅުން މަޖިލީހަށް ލިބިފައި ވަނީ އިއްޔެގެ އިރުއޮއްސުނު ވަގުތު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީޙިގެ އިދާރާއަށް ލިބުމުން މައްސަލައަށް ޖަވާބންދާރީވުމަށް އަމީންއަށް ދޭން ޖެހޭ ނޯޓިސް ރޭގެ އިޝާ ނަމާދަށް ފަހު އަމީންއަށް ފޮނުއްވި ކަމަށާއި އަދި އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ އިދާރާއިން ނޯޓިސް ފޮނުވާފައި ވަނިކޮށްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: