ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔައުގޫބު މަޖިލީހަށް ވަޑައިގެންނެވުން ހުއްޓުވުމުގެ އަމުރެއް ނުދިން!

Dhaandhoo MP Yaugoob Abdulla
ދާންދޫ ދާއިރާގެ މެންބަރު، ޔައުޤޫބު އަބްދުﷲ ޕޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅަފައި އެވެ.

މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި މިއަދު ސުޕްރީމް ކޯޓްގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ކޯޓަށް ވެއްދި މުހައްމަދު ހަލީމާއި އާދަމް ޝަރީފް އެ އަމުރު ނެރެ ދެއްވަން އެދި ވަޑައިގަތެވެ.

ނަމަވެސް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެންގީ އެފަދަ އުމަރެއް ނެރެދެވެން ނެތް ކަމަށެވެ. އަމުރު ދެވެން ނެތީ އެއީ ޔައުގޫބަށް އޭނާގެ މެންބަރު ކަމުގެ ހައްގު ހަނިވާނެތީ ކަމަށެވެ.

ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިމިވަނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: