ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ގާއިމުކުރި 22 އެނދުގެ ކޮވިޑް ފެސިލިޓީގެ މަސައްކަތް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެތަނުގެ މަސައްކަތް ނިންމާފައިވަނީ 20 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިންމާ މިހާރު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

22 އެނދުގެ ޖާގައިގެ މި މެޑިކަލް ފެސިލިޓީގައި ކަރަންޓީން ފެސިލިޓީއާއި، ބަލިމީހުންނަށް އެންޑްމިޓްކޮށްގެން ޚިދުމަތްދެވޭނެ ގޮތާއި އައިސީޔޫގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ސަރުކާރުން ނިންމީ، އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ އަށް ގެންދިޔުމުން ވިލިނގިލީގެ ބަޔަކު ނުކުމެ އޭނާ އެ ރަށަށް ނޭރުވި މައްސަލައިގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: