ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުން ހުސައިން ޣައްސާނަށް: ޒުވާނުންގެ ވާހަކަ ދައްކަން ލަދު ކޮބާ؟

މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މަޢުމޫން ޢަބްދުލް ގައްޔޫމުގެ ދަރިކަލުންް އަދި ތ.ގުރައިދޫ ދާއިރާގެ  މެމްބަރ ޣައްސާން މައުމޫނަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙުސައިން ޝަޙީމް (އަނދުން ހުސެން) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭ ގޮތުން ސަރުކާރަށް ފާޑު ވިދާޅުވެ ޣައްސާނު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އަނދުން ހުސައިން ވަނީ ޣައްސާނުގެ ބައްޕާފުޅު، ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޣައްސާނުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޒުވާން ވިސިލްބްލޯވަރުންގެ އައިޑެންޓިޓީގެ ސިއްރުކަން ހިފަހައްޓައި، އެމީހުންނަށް ރައްކާތެެރިކަން ފޯރުކޮށްދީ ޙައްޤުތައް ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ދުވަހު ދޭ މެސެޖަކީ މީތޯ ސުވާލު ކުރައްވާފައިވެއެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ، ތިވާހަކަ ދައްކަވަން ޣައްސާން ލަދުފުޅު ގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ފޮޓޯ ތަކެއް ޕޯސްޓް ކުރައްވާ ، އެ ފޮޓޯތައް ފެނުނުތޯ ސުވާލުކުރައްވާފައިވެއެވެ. އަދި އެމީހުން މަރަން އޯޑަރުދެއްވީ ޣައްސާންގެ ބައްޕާފުޅުކަމަށް ވިދާޅުވެފައިވެއެވެ.

އެ ފޮޓޯތަކަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އަނިޔާވެރިކޮށް މަރާލާފައިވާ ބައެއް މީހުންގެ ފޮޓޯތަކެވެ.

އެއާއެކު އަނދުން ހުސައިންގެ ތުހުމަތުތަކަކީ ދޮގު ކަމަށް ޣައްސާނުވަނީ ރައްދު ދެއްވާފައެވެ. އެގޮތުން މިއީ ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ދައުވާ ކުރާ އެމްޑީޕީއަށް ވެރިކަން ލިބުނު ދެވަނަ ފަހަރު ކަމަށާއި، އެ ތުހުމަތަކީ ތެދު ކަމުގައިވާނަމަ ފިޔަވަޅު ނާޅަނީ ކީއްވެތޯ ވިދާޅުވެ ޣައްސާނު ވަނީ ސުވާލު އުފައްދާފައެވެ.

އެއާއެކު އަނދުން ހުސައިން ވަނީ ޖަލުގައި އީވާން ނަސީމު މަރާލި ހާދިސާއާއި ގުޅިގެން ރައީސް މައުމޫނު ގައުމާއި މުހާތަބުކޮށް ދެއްކެވި ވާހަކަ ޓްވީޓްކޮށްފައެވެ. އަދި ޖަލުގައި އަނިޔާވެރިކޮށް މަރާލީ ރައީސް މައުމޫނާއި ދެކޮޅަށް އަޑު އުފުލި ޒުވާނުންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: